ޢަބްދުއްރަޙްމާނު އަޙްމަދުގެ ވަދާޢީ ހަފްލާ
މިއިދާރާގެ އެސިސްޓެންޓް ފައިނޭންސް އޮފިސަރ، ކުޅުދުއްފުށީ ވެލެންސިޔާ އަލްފާޟިލް ޢަބްދުއްރަޙްމާނު އަޙްމަދު 65 އަހަރުވުމާ ގުޅިގެން، 19 މޭ 2022 ގައި ވަޒީފާއިން މުސްކުޅި ކުރައްވާފައިވާތީ، ޢަބްދުއްރަޙްމާނު އަޙްމަދުގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، މުވައްޒަފުންގެ ފަރާތުން ޚާއްޞަ ހަފްލާއެއް 19 މޭ 2022 ދުވަހުގެރޭ ވަނީ ބާއްވާފައި.
މިހަފްލާގައި ޢަބްދުއްރަޙްމާނު އަޙްމަދުގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، ޚާއްޞަ ފިލައަކާއި، މުވައްޒަފުންގެ ޝުޢޫރުތަކާއި ފޮޓޯ ހިމެނޭ ހަނދާނީ ފޮތެއް ވަނީ ވެދުން ކުރެވިފައި. 26 މޭ 1994 ން 19 މޭ 2022 އަށް ޢަބްދުއްރަޙްމާނު އަޙްމަދު ވަނީ މިއިދާރާއަށް ޚިދުމަތް ކުރައްވާފައ