މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާއްމު ކުރާ މަޢުލޫމާތު
ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ.
ޤާނޫނު ނަންބަރު 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މަޢުލޫމާތު އަދި މަޢުލޫމާތަށް އެދޭނެ ގޮތް ހިމެނިފައި އެވަނީއެވެ.
މަޢުލޫމާތަށް އެދި ހުށަހެޅުން
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން މައުލޫމާތު ހޯއްދެވުމަށް އެދޭ ފޯމު މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައުލޫމާތު ހޯދަން އެދޭ ފޯމް މެދުވެރިކޮށްވެސް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުއްވޭނެއެވެ
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން މައުލޫމާތު ހޯއްދެވުމަށް ހުށަހަޅަން ޖެހޭ ފޯމް ޑައުންލޯޑް ކުރެއްވޭނެ ލިންކް ތިރީގައި އެވަނީއެވެ
މަޢުލޫމާތު ހޯދުމާއި ލިބިގަތުމަށް އެދޭ ފޯމް
މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު
އިންފޮމޭޝަން އޮފިސަރުންގެ މަޢުލޫމާތު
މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގައި އުފެދޭ ސުވާލުތަކާއި ޖަވާބު
ހދ. އަތޮޅު ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރ
އިންފޮމޭޝަން އޮފިސަރަކީ ޢާންމު ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބު ދާރީވުމަށް އެ އިދާރާއަކުން ކަނޑައަޅާފައި ހުންނަ ފަރާތެވެ.
ނަން | މަޤާމު | ފޯނު ނަންބަރު | އީ-މެއިލް |
---|---|---|---|
މުޙައްމަދު ޢަލީ | އ.ކައުންސިލް އެގްޒެކެޓިވް | 6521688, 9917733 | [email protected] |
ހދ. އަތޮޅު ކައުންސިލް އިދާރާގެ މުރާޖަޢާ ކޮމިޓީ
މުރާޖައާ ކޮމިޓީއަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢައްޔަން ކޮށްފައިވާ، އެ އިދާރާއެއްގެ ނުވަތަ އެ މުވައްސަސާއެއްގެ އިންފޮމޭޝަން އޮފިސަރަކު، މަޢުލޫމާތު ދިނުމަށް އިންކާރު ކުރުން ނުވަތަ ދެއްވި މަޢުލޫމާތު ފުރިހަމަނުވުން ނުވަތަ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުދިނުން ފަދަ ކަންކަން ދިމާވުމުން ޝަކުވާ ހުށަހަޅަން އޮންނަ ކޮމިޓީއެކެވެ.
ނަން | މަޤާމު | ފޯނު ނަންބަރު | އީ-މެއިލް |
---|---|---|---|
އިބްރާހީމް ޢުމަރު | ސެކްރެޓަރީ ޖެނެރަލް | 6521694 | [email protected] |
ޢަބްދުﷲ އަސްޢަދު | ސީނިޔަރ ކައުންސިލް އެގްޒެކެޓިވް | 6521693 | [email protected] |
ޢަލީ އަބޫބަކުރު | ކައުންސިލް އެގްޒެކެޓިވް | 6521692 | [email protected] |
އިދާރާއިން ގެންގުޅޭ ބަލަހައްޓާ މަޢުލޫމާތާއި، ލިޔެކިޔުންތައް ބެލެހެއްޓޭ ގޮތުގެ ތަފްޞީލު
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބޭ ލިޔުންތައް އެންޓްރީކޮށް ގަވަރމަންޓް އީ-ލެޓަރ މެނޭކްމަންޓް ސިސްޓަމް (ޖެމްސް) ގައި ރައްކާކޮށް ބަލަހައްޓަމުން ގެންދެއެވެ. މިފަދައިން އެންޓަރ ކުރާކޮންމެ ލިޔުމެއްގައި އެންޓްރީ ސްޓޭމްޕާއި އެކު ހިމެނެންޖެހޭ މައުލޫމާތުތައް ފުރިހަމަކުރާނެއެވެ. މިގޮތުން ލިޔުން ބަލައިގަތް މުވައްޒަފުގެ ނަމާއި ސޮއި، ބަލައިގަތް ގަޑި އާއި ތާރީހް އަދި ލިބެންވީ ސެކްޝަން ފެންނަން ހުންނާނެއެވެ.
މިއިދާރާގެ މަސައްކަތްތަކުގެ ތެރެއިން އުފެދޭ އަދި އުފައްދާ މައުލޫމާތުތައް އެކަމާބެހޭ ސެކްޝަނެއްގައި ރިކޯޑްކޮށް ބަލަހައްޓަމުން ގެންދެއެވެ. މިފަދައިން ލިޔުންތައް ކަރުދާހުގައާއި އިލެކްޓްރޯނިކްކޮށް، ފައިލް ސަރވަރތަކުގައާއި ޖެމްސް، ވިޔަ، އަދި އިލެކްޓްރޯނިކް ޕޯޓަލްތަކުގައި ބަލަހައްޓާ ރައްކާކުރެވިގެންދެއެވެ.
އިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ގޮތާއި ޒިންމާ އުފުލުމަށް އޮންނަ ހަމަތަކާއި ބެލެހެއްޓުމާއި ޒިންމާދާރުކުރުވުން ރޭވިފައިވާ ގޮތް
އިދާރީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން މައި ސަރުކާރާ ހިއްސާކުރުމާއި ކައުންސިލުގެ ފެންވަރުގައި ކުރެވެންހުރި ކަންކަމަށް ބޭނުންވާ ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާގުޅޭ ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްކުރުން
މިކައުންސިލްގެ އިދާރާއާއި ރަށު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދަނެގަނެ، އެކަންކަމަށް ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ބޭނުންވާ މިންވަރަށް ފޯރުކޮށްދިނުމަށްޓަކައި އެކަމާ ބެހޭ ދިރާސާކޮށް ޕްލޭންކުރުމުގެ މަސައްކަތްތައް ކުރުން
ސެކްޝަންތަކަށް ބޭނުންވާ އިދާރީ ކަންކަމުގެ ރިކުއެސްޓް ލިބުމާއެކު އެކަމާ ގުޅޭ ސެކްޝަންތަކުން އެދިފައިވާ ހިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދިއުން
ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު އެކަން ފުރިހަމަވެފައިވާ މިންވަރު ބަލައި، އެކަށީގެންވާ ފިޔަވަޅުތައް އެޅުން
ކައުންސިލުން ހިންގާ ކަންކަމާ ގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް
މިކައުންސިލުން ކުރާ މަސައްކަތްތަކާއި، ދޭ ޚިދުމަތްތަކުގެ ތެރެއިން ޤާނޫނުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ބެހޭ ގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. ހިޔާލު ހުށަހެޅުމަށް އަމަލުކުރާނެ ގޮތް؛
ސިޓީ: ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ހދ.ކުޅުދުއްފުށި
ފޯނު: 6528801، 6528802، 6528804
މެއިލް: [email protected]
އީ-ގަވް މެދުވެރިކޮށް: https://message.gov.mv/
ކައުންސިލް ވެބްސައިޓް: https://haadhaal.gov.mv/contact-us
ހުށަހެޅޭ ޝަކުވާތަކުގެ އަދާހަމަ
2025 ވަނަ އަހަރު ހުށަހެޅުނު ޝަކުވާގެ ތަފްޞީލު
ނަންބަރު | ބާވަތް | ހުށަހެޅުނު | ޖަވާބު ދެވުނު |
---|---|---|---|
1 | ޓްރާންސްޕޯޓް ޚިދުމަތާ ގުޅޭ | 0 | 0 |
2 | ކައުންސިލްގެ ނިންމުންތަކާ ގުޅޭ | 0 | 0 |
3 | އިދާރާއިންދޭ ޚިދުމަތްތަކާ ގުޅޭ | 0 | 0 |
4 | އިދާރާގެ މުވައްޒަފަކާ ގުޅޭ | 0 | 0 |
5 | އެހެނިހެން ކަންކަމާ ގުޅޭ | 0 | 0 |
6 | އެހެން އިދާރާއަކަށް ހުށަހެޅުނު ކަންކަމާގުޅޭ | 2 | 2 |