ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ، އަތޮޅު ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަތޮޅު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް؛
- އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށް ދޭންޖެހޭ ޚިދުމަތްތަކާއި އެކިއެކި ޤާނޫނު ތަކުގެ ދަށުން އަތޮޅު ކައުންސިލާއި ޙަވާލުކޮށްފައިވާ މަސައްކަތްތައް ކުރުން.
- ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީ ތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އެއިދާރީ ދާއިރާއެއްގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުން.
- އިދާރީ ދާއިރާއެއްގައި ހުންނަ ދައުލަތުގެ މުއައްސަސާ ތަކާއި ސަރުކާރުގެ އިދާރީ ދާއިރާތަކަށް ބޭނުންވާނެ އެހީތެރީކަމާއި އެއްބާރުލުން ދިނުން.
- އިދާރީ ދާއިރާގެ އެންމެހައި ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވާލައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.
- ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުން.
- ރަށުކައުންސިލްތަކަށް ބޭނުންވާ ލަފާ ދިނުން.
- އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށު ކައުންސިލަކާއި ޙަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.
- ކައުންސިލުން ދޭންޖެހޭނެ ކަމަށް ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.