

މުބާރާތުގެ ސުވާލުތަކާއި ޖަވާބުތައް:
1 | ސުވާލު: | ފަހު އައްތަޙިއްޔާތު ކިޔުމަކީ ނަމާދުގެ ފަރުޟެއްތަ ނުވަތަ ސުންނަތެއްތަ؟ |
| ޖަވާބު: | ފަރުޟެއް | |
2 | ސުވާލު: | ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުނީ ކޮން އަހަރަކު؟ |
| ޖަވާބު: | ހިޖުރައިން 2 ވަނަ އަހަރު | |
3 | ސުވާލު: | ތަޤުވާވެރިކަން ބަޔާން ކޮށްދެއްވަމުން ރަސޫލާ ހަދީސްކުރައްވާފައި ވެއެވެ. "ތަޤުވާވެރިކަން ވަނީ މިތާނގައެވެ. ތަޤުވާވެރިކަން ވަނީ މިތާނގައެވެ." މިހަދީސްފުޅުގައި އިޝާރާތް ކުރެއްވީ ކޮން ތަނަކަށް؟ |
| ޖަވާބު: | ހިތަށް | |
4 | ސުވާލު: | "އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ." މިފަދައިން ވަޙީ ކުރައްވާފައިވަނީ ކޮން ސޫރަތެއްގައި؟ |
| ޖަވާބު: | ޙުޖުރާތު ސޫރަތުގައި | |
5 | ސުވާލު: | އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގައި، ކީރިތި ރަސޫލާއާ ބައްދަލުވެވަޑައިގެންނެވީ ކިތައް ރަސޫލު ބޭކަލުން؟ |
| ޖަވާބު: | 8 (އަށެއް) | |
6 | ސުވާލު: | ދަނޑަށް ފެންދޭން ނުޖެހި ހައްދާ ގޮވާމާއި މޭވާ އަދި ދަނޑަށް ފެންދީގެން ނުވަތަ ޚަރަދުކޮށްގެން ހައްދާ ގޮވާމާއި މޭވާ ދެވައްތަރު އެއްވެ، ވަކިކުރަން ނޭނގޭނަމަ، އެއިން ޒަކާތަށް ނެރެން ވާޖިބުވާ މިންވަރަކީ ކޮބާ؟ |
| ޖަވާބު: | ސާޅީސްބައިކުޅަ 3 ބައި | |
7 | ސުވާލު: | ޞަހާބީ ބޭކަލަކު އަޅެއްގެ ގޮތުގައި ހުންނަވަނިކޮށް، 300 ކަދުރު ރުއް އިންދަވައިދެއްވައިގެން، އެބޭކަލަކު މިނިވަން ކުރެއްވުމަށް ނަބިއްޔާ މުޙައްމަދު (ސ.ޢ.ވ) އެހީތެރިވެވަޑައިގެން މިނިވަން ކުރެއްވީ ކޮން ސަޙާބީ ބޭކަލެއް؟ |
| ޖަވާބު: | ސަލްމާން އަލް ފާރިސީ | |
8 | ސުވާލު: | ޢަލީގެފާނުގެ ޚިލާފަތުގައި ހިނގި ތަޙުކީމުގެ ހާދިސާގައި، ޢަލީގެފާނުގެ ލަޝްކަރު ބައިބައިވެ ޢަލީގެފާނުގެ ލަޝްކަރުގެ ތެރެއިން، ޢަލީގެފާނާ ދެކޮޅަށް ނުކުތް މީހުންނަށް ކިޔަނީ ކީކޭ؟ |
| ޖަވާބު: | ޚަވާރިޖުން | |
9 | ސުވާލު: | ކީރިތި ޤުރްއާނުގެ ސޫރަތެއްގެ މެދުތެރެއިން، އާޔަތެއްގައި ބިސްމި އައިސްފައި ވެއެވެ. މިއީ ކޮން ލިޔުމެއްގެ ފެށުމުގައިވާ ބިސްމި އެއް؟ |
| ޖަވާބު: | ޔަމަނުގެ ރާނީ ބަލްޤިސްއަށް ހުދުހުދު ގެންގޮސްދިން ސިޓީ | |
10 | ސުވާލު: | ސުވާލު 10 – މުސްލިމުންގެ ފުރަތަމަ ހިޖުރަކުރީ ކޮންތަނަކަށް؟ |
| ޖަވާބު: | ޙަބަޝާއަށް | |
11 | ސުވާލު: | މި އުންމަތަށް އެންމެ ފުރަތަމަ ޝަރުޢު ކުރެވުނު ރޯދައަކީ ކޮބާ؟ |
| ޖަވާބު: | ޢާޝޫރާ ދުވަހުގެ ރޯދަ | |
12 | ސުވާލު: | ރަސޫލާގެ ކާފަ ދަރިކަލުން، ޙުސައިން ބިން ޢަލީ ޝަހީދުކޮށްލެވިފައިވަނީ ކޮން ތަނެއްގައި؟ |
| ޖަވާބު: | ކަރްބަލާ | |
13 | ސުވާލު: | ފަރުބަދަތައް ކަނޑައިގެން ގެ ހަދާ އުޅުނީ ކޮން ނަބިއްޔެއްގެ ޤައުމުގެ މީހުންނެއް؟ |
| ޖަވާބު: | ޞާލިޙު عليه السلام | |
14 | ސުވާލު: | މޫސާ، އައްޔޫބު، އިލްޔާސް، އަލްޔަސައު ގެ ތެރެއިން އެންމެ މަދުން ޤުރުއާނުގައި ޒިކުރު ކުރެވިފައިވާ ނަބިއްޔަކީ ކޮބާ؟ |
| ޖަވާބު: | އަލްޔަސަޢު عليه السلام | |
15 | ސުވާލު: | މިއުންމަތުގެ ފިރުއަޢުނަކީ ކޮބާ؟ |
| ޖަވާބު: | ޢަމްރު ބުނު ހިޝާމް (އަބޫ ޖަހުލު) | |
16 | ސުވާލު: | ޠޫބާ އަކީ ސުވަރުގޭގައިވާ ކޮން އެއްޗެއް؟ |
| ޖަވާބު: | ގަހެއް | |
17 | ސުވާލު: | އެ ސޫރަތެއްގައި އެނަބީބޭކަލެއްގެ ވާހަކަ މެނުވީ އައިސްފައިނުވާ ސޫރަތަކީ ކޮބާ؟ |
| ޖަވާބު: | ސޫރަތު ޔޫސުފް | |
18 | ސުވާލު: | ޝިފާއެއް ކަމުގައި ޤުރްއާނުގައި ބަޔާންވެފައިވާ ބުއިމަކީ ކޮބާ؟ |
| ޖަވާބު: | މާމުއި | |
19 | ސުވާލު: | ދުނިޔޭގައި ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ކޮބާ؟ |
| ޖަވާބު: | މަސްޖިދުލްޙަރަމް | |
20 | ސުވާލު: | ރަސޫލާގެ މަންމާފުޅު އަވަހާރަވުމުން، އެކަލޭގެފާނުގެ މައިކަމަނާގެ މަޤާމުގައި ހުންނަވައި ބެލެނިވެރިކަމުގެ ހުރިހާ ކަމެއް ކުރެއްވެވީ ކާކު؟ |
| ޖަވާބު: | ބަރަކާ ބިންތި ޘަޢުލަބާ | |
21 | ސުވާލު: | ކީރިތި ޤުރްއާނުގައި ވާރިދުވެގެން އައިސްފައިވާ ގޮތުން، ބަނީ އިސްރާއީލު ބާގައިގެ އަހުލުވެރިން ނިސްބަތްވަނީ ކޮން ރަސޫލު ބޭކަލެއްގެ ދަރިފަސްކޮޅެއްގެ ގޮތުގައި؟ |
| ޖަވާބު: | ޔަޢުޤޫބު ގެފާނު | |
22 | ސުވާލު: | ނަބިއްޔާ، މުޙައްމަދު ގެފާނުގެ ނަސަބުފުޅު ދެމިގެން ގޮސްފައިވަނީކޮން ބޭފުޅެއްގެ ފަރާތްޕުޅުން؟ |
| ޖަވާބު: | ފާޠިމަތު ގެފާނު | |
23 | ސުވާލު: | ރަސޫލާގެ މައްޗަށް ނަފްސު ހިބަކޮށްދެއްވި ކަމަށް، އަލްއަޙްޒާބު ސޫރަތުގެ 50 ވަނަ އާޔަތުގައި ވަނީ ރަސޫލާގެ ކޮން އަނބިކަބަލެއްގެ ވާހަކައެއް؟ |
| ޖަވާބު: | މައިމޫނާ ބިންތު ޙާރިޘް | |
24 | ސުވާލު: | މިޢުރާޖުގެ ރޭ ބައިތުލްމަޢުމޫރަށް އަރައިވަޑައިގެންނެވުމަށްފަހު ރަސޫލާއަށް އެރުވުނު 3 ތަށީގެ ތެރެއިން އެކަލޭގެފާނު އިޚްތިޔާރު ކުރެއްވީ ކޯޗެއް؟ |
| ޖަވާބު: | ކިރު | |
25 | ސުވާލު: | ތެދުމަގު ދެއްކެވުމަށްޓަކައި މީސްތަކުންގެ ގާތަށް ފޮނުއްވުނީ ކިތައް ރަސޫލު ބޭކަލުން؟ |
| ޖަވާބު: | 315 | |
26 | ސުވާލު: | ރަސޫލާ ސުވަރުގެވަޑައިގަތުމުގެ ކުރީން އިމާމުވެ ކުރެއްވި އެންމެ ފަހު ނަމާދަކީ ކޮބާ؟ |
| ޖަވާބު: | މަޣްރިބު ނަމާދު | |
27 | ސުވާލު: | ލޯފަން، މުސްކުޅި މަންމަގެ ޚިދުމަތުގައި ހުންނެވުމަށްޓަކައި، ރަސޫލާއާ ބައްދަލުވުމުގެ މަތިވެރި ޝަރަފު ޤުރުބާން ކުރެއްވި ބޭކަލަކީ ކޮބާ؟ |
| ޖަވާބު: | ޢުވައިސް ބިން ޢާމިރު | |
28 | ސުވާލު: | " إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا " މިއާޔަތުގައި ސިފަކުރައްވާފައިވާ ފަތަޙަ އަކީ ކޮން ކަމެއް؟ |
| ޖަވާބު: | ޞުލްޙަލްހުދައިބިއްޔާ | |
29 | ސުވާލު: | ރަސޫލުބޭކަލުންނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރެއިން، ކަރާމާތެއްގެ ގޮތުގައި ތާބިޢީ ބޭކަލަކަށް ދެއްކެވީ ކޮން ކަމެއް؟ |
| ޖަވާބު: | އަލިފާންގަނޑަށް އެއްލާލެއްވުމުން ސަލާމަތް ކުރެއްވުން | |
30 | ސުވާލު: | (ލިސްޓްގައިވާ ކަންކަމުގެ ތެރެއިން) އިޙްރާމުގައި ހުންނަ މީހަކު ކުރުން ހުއްދަނޫން ކަންތައްތަކަކީ ކޮބާ؟ |
| ޖަވާބު: | ފިރިހެނުން ތޮފި އެޅުން، މީހަކު ކުރެން ކައިވެންޏަށް އެދި އެހުން | |
ނަމާދު ވަގުތު:
މުބާރާތުގެ ކުރިޔަށްދާ ގޮތް:
● މިއީ ކްލަބް ތިލަދެކުނުގެ މެންބަރުންގެ މެދުގައި އިސްލާމީ ތާރީޚާއި، ސީރަތު އަދި ދީނީ މަޢުލޫމާތު އިތުރު ކުރުމަށް ބާއްވާ މުބާރާތެކެވެ.
● މުބާރާތުގައި ކްލަބް ތިލަދެކުނުގެ ހުރިހާ މެންބަރުންނަށް ބައިވެރި ވެވޭނެއެވެ.
● މުބާރާތުގައި ރޯދަމަހުގެ ކޮންމެ ދުވަހަކު ސުވާލެއް ވަޓްސްއަޕް ގްރޫޕުގައި ގެނެސް ދެވޭނެއެވެ.
● ސުވާލުގެ ޖަވާބު ދިނުމުގެ ސުންގަޑިއަކީ ރޭގަނޑު 23:59 އެވެ.
● ޖަވާބު ފޮނުވުމަށް، ބޭނުން ކުރާނީ ސުވާލާއެކުގައިވާ ފޯމެވެ.
● އެއް ފަހަރަށްވުރެ ގިނަފަހަރު ޖަވާބު ދީފައިވާނަމަ ބަލާނީ އެންމެ ފަހުން ދީފައިވާ ޖަވާބަށެވެ.
● ފޯމު ފުރުމުގައި އިނގިރޭސި ނުވަތަ ދިވެހި ބޭނުން ކުރެވިދާނެއެވެ. ސުންގަޑި ހަމަވުމުން ޖަވާބުދޭ ފޯމު އޮޓޯއިން ބަންދުވާނެއެވެ.
● ޖަވާބުދޭއިރު ޖަހަންޖެހޭ ސިއްރު ބަސް، ޖަވާބުދޭ ކޮންމެ ފަހަރަކު އެއްގޮތަށް (އެއްބަހެއް) ބޭނުން ކުރަން ވާނެއެވެ. މިބަސް އެހެން ފަރާތަކާ ހިއްސާ ކޮށްގެން ނުވާނެއެވެ.
● އެންމެ ގިނަ ސުވާލު ރަނގަޅު ކުރާ ފަރާތަކަށް -/500 ރުފިޔާގެ ފައިސާގެ އިނާމު އަދި ގިފްޓްޕެކެއް، 2 ވަނައަށް -/250 ރުފިޔާއާއި ގިފްޓްޕެކެއް އަދި 3 ވަނައަށް ގިފްޓްޕެކެއް ދެވޭނެއެވެ.
● އެކަކަށްވުރެ ގިނައިން ވަނަތަކަށް ވާދަކުރާނަމަ، އިނާމު ދެވޭނީ ގުރުއަތު ލައިގެންނެވެ.
● މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހުކުރު ދުވަހަކު ޕިއްޒާއެއް ހުށަހެޅިފައި ވެއެވެ.
● މުބާރާތުގައި ގެނެސްދެވޭ ސުވާލުތަކުގެ ޖަވާބު މިޕޭޖުގައި އަޕްޑޭޓް ކުރެވޭނެއެވެ.
![]()
