ހދ. އަތޮޅު ޤުރުއާން މުބާރާތް 1439 މަކުނުދޫގައި ފަށައިފި

128 ދަރިވަރުންނާއެކު ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި އެވެ.

މިކަމަށްޓަކާ 05 އޭޕްރީލް 2018 ވީ ބުރާސްފަތި ދުވަހު ހަވީރު މަކުނުދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިމުބާރާތް ފައްޓަވައިދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު އާތިފެވެ.

މިއަހަރުގެ މުބާރާތުގައި ހދ އަތޮޅުގެ 11 ރަށަކުން ދަރިވަރުން ބައިވެރިވެފައިވާއިރު މުބާރާތުގައި ބައިވެރިވެފައިނުވަނީ ހަމައެކަނި ފިނޭ އާއި ހިރިމަރަދޫ އެވެ.

ތިން ދަންފަޅިއަށް ބަހާލައިގެން ކުދިން ކިޔަވުން ކުރިއަށްދާއިރު މުބާރާތް ނިމޭނީ ހޮނިހިރު ދުވަހު އެވެ.