އަތޮޅު ކައުންސިލުން ކުޅުދުއްފުށީގެ ބައެއް މުއައްސަސާތަކާ ބައްދަލު ކުރައްވައިފި
ހދ. އަތޮޅު ކައުންސިލުން، ކުޅުދުއްފުށީގެ ބައެއް މުއައްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.
އެގޮތުން، ކުޅުދުއްފުށީ ކައުންސިލް، އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ޖަލާލުއްދީން ސްކޫލް، އަމީރު އަމީން ސްކޫލުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ޕޮލިސްގެ އިސްބޭފުޅުންނާ، ކައުންސިލުން މިހާރު ވަނީ ބައްދަލު ކުރައްވާފައެވެ. ކައުންސިލް ތަޢާރަފް ވުމުގެ ގޮތުން، އެކި މުއައްސަސާތަކާ ވަކިވަކީން ބޭއްވި މި ބައްދަލުވުންތަކުގައި، އެތަންތަނުގެ ޙާލަތު އޮޅުން ފިލުއްވައި، އެ އިދާރާތަކާގުޅިގެން ކުރެވެންހުރި ކަންކަމާމެދު މަޝްވަރާ ކުރެވިފައި ވެއެވެ.
މި ބައްދަލުވުން ތަކުގައި ކައުންސިލްގެ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަތޮޅު ކައުންސިލުން ކުރިއަށް އޮތްތަނުގައި އިތުރު މުއައްސަސާތަކާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.