ކްލަބް ތިލަދެކުނު – ހދ. އަތޮޅު ކައުންސިލް މުވައްޒަފުންގެ ރިކްރިއޭޝަން ކްލަބް



ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ސްޓާފް ރިކްރިއޭޝަން ކުލަބް، ކްލަބް ތިލަދެކުނު އަކީ  ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، މުވައްޒަފުންގެ މަސައްކަތު މާހައުލަކީ އެކަކު އަނެކަކަށް އެހީވެދޭ މާހައުލަކަށް ހެދުމާއި، އިދާރާގެ މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ޘަޤާފީ އަދި އިޤްތިޞާދީ ތަފާތު ހަރަކާތްތަކެއް ހިންގުމަށް އެކުލަވާލެވިފައިވާ ކުލަބެކެވެ.  

ކްލަބްގެ މައިގަނޑު މަޤްޞަދަކީ، ކައުންސިލް އިދާރާގެ މުވައްޒަފުންގެ އެކުވެރިކަން ބަދަހިކޮށް މުވައްޒަފުންގެ މަސައްކަތުގެ ރޫޙް އިތުރުކުރުމާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ ރެކްރިއޭޝަން ޙަރަކާތްތަކަށް ބޭނުންވާ ފަންޑް ހޯދުމެވެ.

ކްލަބް ތިލަދެކުނު އިފްތިތާޙު ކުރެވުނީ 20 ފެބްރުއަރީ 2024 ގައެވެ.


Loading