ކްލަބް ތިލަދުންމަތި – ހިންގާ ޤަވާއިދު




↓ 1. ތަޢާރަފް

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ “ސްޓާފް ރިކްރިއޭޝަން ކުލަބް” އަކީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، މުވައްޒަފުންގެ މަސައްކަތު މާހައުލަކީ އެކަކު އަނެކަކަށް އެހީވެދޭ މާހައުލަކަށް ހެދުމާއި، އިދާރާގެ މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ޘަޤާފީ އަދި އިޤްތިޞާދީ ތަފާތު ހަރަކާތްތަކެއް ހިންގުމަށް އެކުލަވާލެވިފައިވާ ކުލަބެކެވެ.


↓ 2. މަޤްޞަދު

ހ. ކައުންސިލް އިދާރާގެ މުވައްޒަފުންގެ އެކުވެރިކަން ބަދަހިކޮށް މުވައްޒަފުންގެ މަސައްކަތުގެ ރޫޙް އިތުރުކުރުން

ށ. ކައުންސިލް އިދާރާގެ މުވައްޒަފުންގެ ރެކްރިއޭޝަން ޙަރަކާތްތަކަށް ބޭނުންވާ ފަންޑް ހޯދުން


↓ 3. މަސްއޫލިއްޔަތު

ހ. ކައުންސިލް އިދާރާގެ މުވައްޒަފުންގެ އެކުވެރިކަން ބަދަހިކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުން

ށ. އަތޮޅުގައި ޤާއިމްކުރެވިފައިވާ އެކި މުވައްސަޞާތަކާއި، ކުލަބު ޖަމްޢިއްޔާތަކާއި ގުޅިގެން އިޖުތިމާޢީ / ކުޅިވަރު ޙަރަކާތްތައް ކުރިއަށްގެންދިޔުން

ނ. ކުރިއަށް އޮތް އަހަރުގެ ކުލަބު އެކްޓިވިޓީ ކަލަންޑަރު ހިގަމުންދާ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ތައްޔާރުކޮށް ފާސް ކުރުން.

ރ. ކުލަބުގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް މަސައްކަތްކުރުން


↓ 4. މެމްބަރުން

ހ. ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައި މަސައްކަތްކުރައްވާ ކޮންމެ މުވައްޒަފަކީވެސް މި ކުލަބުގެ ޢާއްމު މެމްބަރެކެވެ.


↓ 5. ހިންގާ ކޮމެޓީ އެކުލެވިގެންވާގޮތް

ހިންގާ ކޮމެޓީ އެކުލެވިގެންވަނީ ކުލަބު ޢާންމު މެމްބަރުންގެ ތެރެއިން އިންތިހާބުކޮށްގެން އައްޔަންކުރެވޭ ޗެއަރޕާޝަނާއި ވައިސް ޗެއަރޕާރޝަނާއި ހަޒާންދާރާއި އިންތިޛާމް ސެކްރެޓަރީ އާއި އަދި އިތުރު 5 މެމްބަރުންނާއި މައްޗަށެވެ.


↓ 6. ހިންގާ ކޮމެޓީގައި ހިމެނޭ މަޤާމުތައް

ހ. ޗެއަރ ޕަރސަން 1
ށ. ވައިސް ޗެއަރ ޕަރސަން 1
ނ. ހަޒާންދާރު 1
ރ. އިންތިޒާމް ސެކްރެޓަރީ 1
ބ. އިތުރު މެމްބަރުން 5


↓ 7. ސެކްރެޓޭރިއޭޓް

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ “ސްޓާރފް ރިކްރިއޭޝަން ކުލަބް” ގެ ސެކްރެޓޭރިއޭޓް ބަލަހައްޓަވާނީ ހިންގާ ކޮމެޓީން ކަނޑައަޅާ މެމްބަރެކެވެ.


↓ 8. ހިންގާކޮމިޓީގައި ހިމެނޭ މަޤާމްތަކުގެ މަސްއޫލިއްޔަތުތައް

ޗެއަރޕާސަން
ޗެއަރޕާސަން އަކީ ހިންގާކޮމިޓީގެ ލަފާގެމަތިން ކްލަބްގެ ހިންގާގަވާއިދާ އެއްގޮތަށް ކްލަބް ހިންގުމާއި ކްލަބްގެ އިދާރާ ބެލެހެއްޓުމާއި، ހުރިހާ ލިޔެކިޔުންތައް ބަލާ ޗެކްކޮށް މެންބަރުންގެ މައްސަލަތައްބަލާ ކްލަބްގެ ހުރިހާ ކަމެއް ހިންގާ އެންމެ އިސްވެރިޔާއެވެ. އަދި ހިންގާ ކޮމެތީގެ ރިޔާސަތު ބެލެހެއޓުން

ވައިސް ޗެއަރޕާސަން
ވައިސް ޗެއަރ ޕާސަން ގެމަސްއޫލިއްޔަތަކީ ޗެއަރޕާރސަނަށް ކަންކަމުގައި އިރުޝާދުދީ ޗެއަރޕާރސަން ނެތް ހާލަތެއްގައި ޗެއަރޕާރސަން ޒިންމާ އަދާކުރުމެވެ. މީގެ އިތުރުން ހިންގާ ކޮމިޓީގެ މަޤާމެއް ހުސްވެއްޖެ ހާލަތެއްގައި އެމަގާމަށް މެންބަރެއް އިންތިޚާބު ކުރެވެންދެން އެމަޤާމެއްގެ މަސްއޫލިއްޔަތު އުފުލުމެވެ.

ޚަޒާންދާރު
ޚަޒާންދާރުގެ މަސްއޫލިއްޔަތަކީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ކްލަބްގެ ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމެވެ.

ސެކްރެޓަރީ
ސެކްރެޓަރީގެ މަސްއޫލިއްޔަތަކީ ޗެއަރޕާސަނާއި ހިންގާކޮމިޓީގެ ލަފާގެ މަތީން ކްލަބްގެ ލިޔެކިޔުމާބެހޭ ހުރިހާކަމެއް ބެލެހެއްޓުމެވެ.

އިންތިޒާމް ސެކްރެޓަރީ
އިންތިޒާމް ސެކްރެޓަރީގެ މަސްއޫލިއްޔަތަކީ ކުލަބުން ކުރާ ހުރިހާ ކަމެއްގައި ޗެއަރޕާސަނަށް އެހީތެރިވުމެވެ.

އިތުރު މެމްބަރުން
އިތުރު މެންބަރުންގެ މަސްއޫލިއްޔަތަކީ ކްލަބް ހިންގުމުގައި އެހީތެރިވެދިނުމެވެ.


↓ 9. ކޮމިޓީ އެކުލަވާލުން

ހ. ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރ 30 ކުރިން ކުރިއަށް އޮތް އަހަރުގެ ހިންގާ ކޮމެޓީ އެކުލަވާލަން ވާނެއެވެ.

ށ. ހިންގާ ކޮމެޓީއަށް މެމްބަރުން އައްޔަން ކުރާނީ މިޤަވައިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

ނ. ކޮމެޓީ އެކުލަވާލުމުގައި ޒިންމާވާންޖެހޭ ފަރާތަކީ ކައުންސިލް އިދާރާގައި އެވަގުތަކު ހުންނަވާ ސެކްރެޓަރީ ޖެނެރަލް އެވެ.


↓ 11. މެންބަރުން އިންތިޚާބުކުރެވޭ ގޮތާއި ވަކިކުރެވޭގޮތް

ހ. މި ކްލަބްގެ ހިންގާކޮމިޓީގެ މެންބަރަކަށްވެވޭނީ މި ކްލަބްގެ ގަވައިދުގެ 4 ވަނަމާއްދާގައިވާ މުވައްޒަފުންނަށެވެ.

ށ. ހިންގާކޮމިޓީއަށް މެންބަރުން އިންތިޚާބުކުރާނީ އަހަރުގެ އެންމެފަހު ޢާންމު ޖަލްސާގައެވެ.

ނ. ކްލަބްގެ އާންމު މެންބަރުންގެ އެންމެފަހު ޖަލްސާ ބޭއްވުމުގެ 15 ދުވަސްކުރިން ހިންގާކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި އެމަޤާމްތައް އެގޭނޭހެން ކްލަބްގެ އިދާރާގެ ނޯޓިސްބޯޑުގައި އިޢުލާންކުރަންވާނެއެވެ.

ރ. މިގޮތަށް އިޢުލާންކުރުމުން މަޤާމްތަކަށް ކުރިމަތިލުމަށް ބޭނުންވާ މެންބަރުން އެމެންބަރަކު ކުރިމަތިލުމަށް ބޭނުންވާ މަޤާމާއެކު ހުށަހަޅަންވާނެއެވެ.

ބ. ކޮންމެ މަޤާމަކަށްވެސް މެންބަރުން ހޮވާނީ އާންމުމެންބަރުން ވޯޓަކުންނެވެ.

ޅ. މަޤާމަކަށް މެންބަރަކު ކުރިމަތިލާފައިނުވާނަމަ ޖަލްސާގެ ތެރެއިން އެމަޤާމަކަށް މެންބަރުން ހުށަހަޅާ ތާއީދު ލިބިއްޖެނަމަ އެފަރާތެއް އެމަޤާމެއް ޤަބޫލުކުރޭތޯ ބެލުމަށްފަހު ގިނަވޯޓުލިބޭ މިންވަރަކުން އެމަޤާމަށް އިންތިޚާބު ކުރެވޭނެއެވެ.

ކ. މަޤްބޫލް ޢުޒުރެއްނެތި ހިންގާކޮމިޓީގެ 3 ޖަލްސާއަށް ހިންގާކޮމިޓީގެ މެންބަރަކު ޙާޟިރުނުވެއްޖެނަމަ އެމެންބަރަކު ހުރި މަޤާމުން ވަކިކުރުމުގެ އިޚްތިޔާރު ހިންގާކޮމިޓީގެ މަޝްވަރާއާއެކު ކްލަބްގައި އެވަގުތަކު ހުރި އެންމެ އިސްވެރިއަކަށް ލިބިގެންވެއެވެ.

އ. ހިންގާކޮމިޓީގެ މެންބަރަކު މެންބަރުކަމުން ވަކިވާން އެދި އެކަން ކުލަބުގެ ޗެއަރޕާސަނަށް ހުށަހެޅުމުން އެ މެންބަރަކަށް ޖަމްޢިއްޔާގެ މުދަލެއް ނުވަތަ ފައިސާއެއް ޙަވާލުކޮށްފައިވާނަމަ އެތަކެތި ރައްދުކުރުމަށާއި، އަދި ކުރަމުންއައި މަސައްކަތްގޮސްފައިވާ ހިސާބުގެ ތަފްޞީލު ހިންގާ ކޮމިޓީއަށް ހުށަހެޅުމަށް 1 މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މިކަންކަން ހަމަޖެހުމުން އެމީހަކު ހިންގާކޮމިޓީގެ މެންބަރުކަމުން ވަކިކުރިކަމުގެ ލިޔުން އެފަރާތަކާއި ޙަވާލު ކުރެވޭނެއެވެ.


↓ 12. މުއްދަތު

ހިންގާ ކޮމެޓީގެ މުއްދަތަކީ އެއް އަހަރެވެ. މިމުއްދަތުގެ ތެރޭގައި އިންތިޙާބު ވެފައިވާ މެންބަރަކު ބަދަލުވެއްޖެނަމަ މަދުވާ މެމްބަރަކު އިންތިޙާބު ކުރާނީއެވެ.


↓ 13. ހިންގާކޮމިޓީގެ ޖަލްސާ

ހިންގާކޮމިޓީގެ ޖަލްސާއެއް މަދުވެގެން ކޮންމެ 3 މަހުން އެއްމަހު ބާއްވަން ޖެހޭނެއެވެ. ހިންގާ ކޮމިޓީގެ ޖަލްސާގެ ކޯރަމް އަކީ 5 މެމްބަރުންނެވެ. މިޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޗެއަރ ޕާސަންއެވެ. ޗެއަރ ޕާސަން ނެތް ޙާލަތެއްގައިނަމަ ވައިސް ޗެއަރ ޕާސަން އެވެ. މިޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލައްޓާނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ސެކްރެޓަރީއެވެ. ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާގައިވެސް އެޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވި ވެރިޔަކު ސޮއިކޮށް މިޔައުމިއްޔާތައް ގަވާއިދުން ފައިލްކޮށް ބަލަހައްޓަންވާނެއެވެ.


↓ 14. އާންމު ޖަލްސާ

މި ކުލަބްގެ ޢާއްމު ޖަލްސާއެއް ކޮންމެ އަހަރަކު މަދުވެގެން 2 ފަހަރު ބާއްވަންވާނެއެވެ. މިޖަލްސާތަކުގެ ކޯރަމް ޢަދަދަކީ މެންބަރުންގެ %60 އެވެ. މިޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ހިންގާ ކޮމެޓީގެ ޗެއަރ ޕާސަން އެވެ. ޗެއަރ ޕާސަން ނެތް ޙާލަތެއްގައި ނަމަ ވައިސް ޗެއަރ ޕާސަންއެވެ. މިޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލައްޓާނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ސެކްރެޓަރީއެވެ. ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާގައިވެސް އެޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވި ވެރިޔަކު ސޮއިކޮށް މިޔައުމިއްޔާތައް ގަވާއިދުން ފައިލްކޮށް ބަލަހައްޓަންވާނެއެވެ.


↓ 15. ވޯޓުދޭގޮތާއި ކަންކަން ފާސްކުރެވޭގޮތް

މި ކްލަބްގެ އާންމުޖަލްސާތަކާއި، ހިންގާކޮމިޓީގެ ޖަލްސާތަކުގައި ވޯޓުދޭނީ އަތްއުފުލައިގެންނެވެ. އަދި ކަންކަން ފާސްކުރާނީ ޤާނޫނާއި ގަވާއިދުގައި އެހެންގޮތަކަށް ނުބުނާހާ ހިނދު އަޣްލަބިއްޔަތުންނެވެ.


↓ 16. ކްލަބް އުވާލުން

މި ކްލަބް އުވާލުމަށް ކަނޑައެޅޭނީ ކްލަބް އުވާލުމަށްޓަކައި ކްލަބްގެ ހިންގާ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އަމަލުކޮށް، ކްލަބްގެއާންމު ޖަލްސާއަކުން ފާސްކުރާ ޤަރާރަކުން ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ލިބި އެކަން ސެކުރެޓަރީ ޖެނެރަލް ޤަބޫލުކުރުމުންނެވެ.


↓ 17. ހިންގާ ގަވާއިދަށް ބަދަލުގެނައުން

މި ކްލަބްގެ ހިންގާ ގަވާއިދަށް ބަދަލެއް ގެންނަންވެއްޖެ ހިނދެއްގައި އެބަދަލު ގެނެވޭނީ އާންމު މެންބަރުންގެ ޖަލްސާއެއް ބޭއްވުމަށްފަހު ފާސްކުރާ ޚާއްޞަޤަރާރަކުންނެވެ. މި ޤަރާރު ފާސްކުރާނީ އާންމު މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުންނެވެ.


↓ 18. އަހަރީ އާންމު ޖަލްސާ

މި ކްލަބްގެ އަހަރީ އާންމު ޖަލްސާ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވޭނެއެވެ. މި ޖަލްސާގައި ކްލަބްގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ފާސްކުރުން އޮންނާނެއެވެ. މިޖަލްސާ ބޭއްވުމުގެ 5 ދުވަސްކުރިން ހުރިހާ މެންބަރުންނަށް އެކަން އަންގަންވާނެއެވެ.


↓ 19. އަހަރީ ރިޕޯޓާއި އަހަރީ ހިސާބު

ކްލަބަށް ލިބުނު އާމްދަނީއާއި ޚަރަދުގެ ހިސާބާއި، ކްލަބް ހިނގިގޮތުގެ ރިޕޯޓް ހިންގާކޮމިޓީން ފާސްކުރުމަށްފަހު އެހިސާބުތަކާއި ރިޕޯޓުގައި ހިންގާކޮމިޓީގެ މެންބަރުން ސޮއިކޮށް ކްލަބްގެ އާންމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.


↓ 20. ކްލަބްގެ ފަންޑު

މި ކްލަބުގެ ޙަރަކާތް ހިންގުމަށް ބޭނުންވާ ފައިސާ ހޯދާނީ ތިރީގައި މިދަންނަވާ ގޮތުގެ މަތީންނެވެ.

(ހ) މި ކުލަބްގެ މެމްބަރުން މަހުން މަހަށް ނުވަތަ އަހަރަކަށް ދައްކާ ޗަންދާ

(ށ) ކްލަބުގެ ފަންޑަށް ފައިސާ ހޯދުމަށް ކްލަބްގެ ހިންގާކޮމިޓީން ފާސް ކުރާ ޙަރަކާތްތަކުން

(ނ) ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ


↓ 21. ޗަންދާ

މި ކުލަބްގެ މެމްބަރުން މަހުން މަހަށް ދައްކަން ޖެހޭ ޗަންދާގެ ޢަދަދަކީ މަދުވެގެން މަހަކު -/20ރ .(ވިހި ރުފިޔާ) އެވެ.


↓ 22. ކްލަބްގެ ދަރަނި

މި ކްލަބަށް އެއްވެސް ދަރަންޏެއް ނުވަތަ އެފަދަ ޒިންމާއެއް ނެގޭނީ، ކްލަބްގެ ހިންގާކޮމިޓީން ފާސްކޮށް އެދަރަންޏެއް އަދާކުރާނެގޮތް ކަނޑައަޅާ ހަމަޖެއްސުމަށްފަހު ކްލަބްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. އަދި ކްލަބްގެ މިލްކުގައިވާ ފައިސާއާއި މުދަލުގެ ޖުމްލައަގަށްވުރެ ބޮޑު ދަރަންޏެއް ނުވަތަ މާލީ ޒިންމާއެއް ނެގޭނީ، ކްލަބްގެ ހިންގާ ކޮމިޓީން ފާސްކުރުމަށްފަހު ކްލަބްގެއާންމު ޖަލްސާގެ ޚާއްޞަ ޤަރާރަކުން އެފާސްކުރުމަށް ތާއީދު ލިބިގެންނެވެ.

ކްލަބް އުވާލެވޭއިރު ކްލަބްގެ ދަރަނިތައް އަދާކުރެވޭ ވަރަށް ކްލަބްގައި ފައިސާނެތްނަމަ އެދަރަނިތައް އަދާކުރާނީ ޢާންމު މެންބަރުން ހަމަހަމަވާގޮތަށް ބަހާލައިގެންނެވެ.


Loading