ޗާލު ހާދާލު – ފޮޓޯ މުބާރާތް 2024
މިއީ، އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް (ޖޫން 5) އާ ގުޅުވައިގެން، ހުޅުވާލެވިފައިވާ ފޮޓޯގްރަފީ މުބާރާތެކެވެ. މިމުބާރާތް އަމާޒުކުރެވިފައިވަނީ ހދ. އަތޮޅުގެ އާންމު ރައްޔިތުންނަށެވެ. މި މުބާރާތުގެ މަޤްސަދަކީ ހދ. އަތޮޅުގެ ޤުދުރަތީ ރީތިކަން ހާމަކުރުމާއި، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ވެށީގެ ހާލަތު ފޮޓޯގެ ޒަރީއާއިން ބަޔާންކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމެވެ.
ފޮޓޯތަށް ހުށަހެޅޭނެ ކެޓަގަރީތަށް
ހުށަހަޅާ ފޮޓޯތައް ވާންޖެހޭނީ ހދ. އަތޮޅުގެ ސަރަހައްދުގައި ނަގާފައިވާ ފޮޓޯތަކަށެވެ. އަދި ތިރީގައިވާ ކެޓަގަރީއަކަށް ނިސްބަތްވާ ފޮޓޯއަކަށެވެ.
– ހދ. އަތޮޅުގެ ޤުދުރަތީ ރީތިކަން
– ހދ. އަތޮޅުގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއި ނުރައްކާތައް
– ހދ. އަތޮޅުގެ ޤުދުރަތީ ދިރުންތައް
ވަނަތަކާއި އިނާމްތަށް ކަނޑައެޅިފައިވާ ގޮތް
މަތީގައިވާ ކެޓަގަރީތަކަށް ހުށަހަޅާ ފޮޓޯތަކަކުން މުޅި މުބާރާތުން 1ވަނަ، 2ވަނަ، އަދި 3ވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ.
1 ވަނަ: 2،500ރ.
2 ވަނަ: 1،500ރ.
3 ވަނަ: 1،000ރ.
އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތަށް:
– އުފެއްދުންތެރިކަން
– ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ)
– ފަންނުވެރިކަމާއި ހުނަރު
– ކެޓަގަރީއާއި ގުޅުންހުރި މިންވަރު
ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި މިމުބާރަތުގައި ބައިވެރިކުރާ ފޮޓޯތައް ފޮޓޯގެ ވެރިފަރާތުގެ ހުއްދައަކާއި ނުލައި މި އިދާރާއިން ބޭނުންތަކަށް ބޭނުންކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި މިގޮތަށް ބޭނުން ކުރެވޭ ފޮޓޯތަކުގައި އެފޮޓޯގެ ވެރިފަރާތަށް ފުރިހަމަ ކްރެޑިޓް ދެވޭނެއެވެ.
ފޮޓޯ ހުށަހަޅަންވީ ގޮތް
މިމުބާރާތަށް ފޮޓޯ ހުށަހެޅުމަށް ހުށަހަޅާ ފޮޓޯއާއި، އައިޑީ ކާޑުގެ ކޮޕީއަކާއެކު، މިއިދާރާގެ ގެ އީމެއިލް އެޑްރެސް، [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ކޮންމެ ފޮޓޯއެއްގެ ލޮކޭޝަން (ރަށް) އަދި ފޮޓޯއާބެހޭ ކުރު ތަޢާރަފެއް ހިމަނަން ވާނެއެވެ.
މިމުބާރާތަށް ހުށަހެޅޭ ފޮޓޯތައް ބަލައިގަނެވޭނެ އެންމެފަހު ތާރީޚަކީ 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 އެވެ.
މަޢުލޫމާތު ސާފުކުރުން: 6528801 / 6521688