ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ “ތިލަދެކުނު އަންހެން ފުޓްސަލް މުބާރާތް 2024” އަންނަ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގައެވެ.
މި މުބާރާތަކީ މިއަތޮޅުގައި ފުޓްސަލް ކުރިއަރުވައި، ފުޓްސަލް ކުޅެން ބޭނުންވާ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުޞަތު ހޯދައިދިނުމަށާއި ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު، 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6521702 ނަންބަރަށެވެ.
މުބާރާތުގައި ބައިވެރި ވުމަށް ތިރީގައިވާ ލިންކު ބޭނުން ކުރެއްވުން އެދެމެވެ.
ތިލަދެކުނު އަންހެން ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު
ތިލަދެކުނު އަންހެން ފުޓްސަލް މުބާރާތް 2024 ގެ ޤަވާޢިދު