ތިލަދެކުނު ފުޓުބޯޅަ މުބާރާތް 2024

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ “ތިލަދެކުނު ފުޓުބޯޅަ މުބާރާތް 2024” އަންނަ ސެޕްޓެންބަރު މަހުގެ 06 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގައެވެ.

މި މުބާރާތަކީ މިއަތޮޅުގައި ފުޓުބޯޅައިގެ ރޫޙު އާލާކޮށް ދިރުވުމަށާއި ފުޓުބޯޅައަށް ޝައުޤުވެރިކަން ހުންނަ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުޞަތު ހޯދައިދިނުމަށާއި ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު، 15 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6521702 ނަންބަރަށެވެ.

މުބާރާތުގައި ބައިވެރި ވުމަށް ތިރީގައިވާ ލިންކު ބޭނުން ކުރެއްވުން އެދެމެވެ.


ތިލަދެކުނު ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު

ތިލަދެކުނު ފުޓުބޯޅަ މުބާރާތުގެ ޤަވާއިދު

އިޢުލާނުގެ ގެޒެޓް ލިންކު

Loading