ތިލަދެކުނު ފުޓްސަލް މުބާރާތް 2025

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ “ތިލަދެކުނު އަންހެން ފުޓްސަލް މުބާރާތް 2025” އަންނަ ޑިސެމްބަރު މަހު 2 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ނައިވާދޫ ގެ ފުޓްސަލް ދަނޑު ގައެވެ.

ައަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް، ހދ.އަތޮޅުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާތަކުގެ އަންހެން އަދި ފިރިހެން ފުޓްސަލް ޓީމްތަކަށެވެ.

މި މުބާރާތަކީ މިއަތޮޅުގައި ފުޓްސަލް ކުރިއަރުވައި، ފުޓްސަލް ކުޅެން ބޭނުންވާ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުޞަތު ހޯދައިދިނުމަށާއި ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު، 27 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6521702 ނަންބަރަށެވެ.

މުބާރާތުގައި ބައިވެރި ވުމަށް ތިރީގައިވާ ލިންކު ބޭނުން ކުރެއްވުން އެދެމެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުން، ޓީމު ލިސްޓް ފޮނުއްވާނީ 27 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރީން އީ-މެއިލަށެވެ. އަދި މުބާރާތުން ވަކިވާން ބޭނުންވާ ޓީމްތަކުން އެކަން މިއިދާރާގެ އީ-މެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

އީ-މެއިލް އެޑްރެސް: [email protected]


ތިލަދެކުނު ފުޓްސަލް މުބާރާތް 2025 ގައި ބައިވެރިވުމަށް އެދޭ ފޯމު

ތިލަދެކުނު ފުޓްސަލް މުބާރާތް 2025 ގެ ޤަވާޢިދު

ޓީމު ލިސްޓު ހުށަހަޅާ ޝީޓު

އިޢުލާނުގެ ގެޒެޓް ލިންކު

Loading