● އެޗް.އާރު ސިސްޓަމްގެ ލިންކު: http://server/webixi/portal.asp
● މިސިސްޓަމް ބޭނުންކުރަން ފަށާނީ 2023 ފެބްރުއަރީ 16 އިން ފެށިގެން
● ޕަންޗް ކުރުމަށް އޮފީހުގެ މެޝިނާއި ސްޓޭޓް ހައުސް މެޝިން ބޭނުން ކުރެވޭނެ
● ފެބްރުއަރީ 16 އިން ފެށިގެން މުވައްޒަފުންގެ ކޮމްޕިއުޓަރަށް ވަނުމަށް (ޔޫސަރނޭމް އަދި ޕާސްވޯޑު) އެމުވައްޒަފެއްގެ އައިޑީ ކާޑު ނަންބަރު ބޭނުން ކުރުން އެދެން
މުވައްޒަފުންނަށް ކުރެވޭ ކަންކަން
● އެމުވައްޒަފެއްގެ ޙާޟިރީ ބެލުން
● ޗުއްޓީއާއި ސަލާމުގެ ބާކީ ބެލުން
● ޗުއްޓީއާއި ސަލާމަށް އެދުން
● މުސާރަ ސްލިޕް ބެލުން
● އިތުރުގަޑީގެ މަސައްކަތަށް އެދުމާއި ކުރި މަސައްކަތް ލިޔުމާއި ހޭދަވި ވަގުތާއި ލިބޭފައިސާގެ މަޢުލޫމާތު ބެލުން
ސަމާލުކަން ދޭންވީ ކަންކަން
● އޮފީހަށް އައިސް އަދި ދަމުން ޕަންޗު މެޝިނުގައި ޖެއްސުން
● މެޝިން ބޭނުންކުރާއިރު ސައިންއިން އަދި ސައިންއައުޓް ސެލެކްޓް ވެފައި އިންތޯ ޗެކްކޮށްފައި ނޫނީ ނުޖެއްސުން
● ޑަބަލްކޮށް މެޝިނުގައި ނުޖެއްސުން
● ފުރަތަމަ ސައިންއިންވެފައި ނޫނީ ފަހުން ސައިންއައުޓް ނުޖެއްސުން
● އިތުރުގަޑި ފަށަމުން ސައިންއިން ކުރުން. އަދި ނިންމާފައި ސައިން އައުޓް ކުރުން
● ޗުއްޓީއާ ސަލާމް، ސިސްޓަމުން ރިކުއެސްޓް ކުރުން، ސަލާމުގައި ހުރެފައި ނިކުންނަ ދުވަހު ސިސްޓަމުގައި އަޕްޑޭޓް ކުރުން
● އިތުރުގަޑީގައި ކޮށްފައިވާ މަސައްކަތް ސިސްޓަމުގެ އޯޓީ ބައިގައި ލިޔުން (މަސައްކަތް ނުލިޔެ ހުރި ގަޑިތައް އެޕްރޫވް ނުކުރެވޭނެ)
● އޮފީހުން ބޭރުގައި، ރަށުން ބޭރުގައި ނުވަތަ ސައިން ނުކުރެވޭ ޙާލަތެއްގައި އިތުރުގަޑީގެ މަސައްކަތް ކޮށްފައިވާނަމަ، މިހާރުވެސް ލިޔަމުންދާގޮތަށް ޝީޓުގައި ލިޔެ މަހުގެ 16 ވަނަ ދުވަހު އެޗް.އާރު ޔުނިޓާ ޙަވާލު ކުރުން
ޙާޟިރީ ބަލާނެ ގޮތް

● Attendance ބަޔަށް ގޮސް، އަހަރާ މަސް ނެގުމަށްފަހު Show attendance އަށް ފިތާލާ

● ޕަންޗް މެޝިނުގައި ޖައްސާފައިވާ ގަޑިތައް މިގޮތަށް ފެންނާނެ
ސަލާމާއި ޗުއްޓީ ބާކީ ބަލާނެ ގޮތް
● މަތީގައިވާ Leave Stats އަށް ފިތާލާ

މުސާރަ ސްލިޕް ބަލާނެ ގޮތް
● މަތީގައިވާ Salary Slip އަށް ފިތާލުމަށްފަހު އަހަރާއި މަސް ނަގާފައި Show އަށް ފިތާލާ

އިތުރުގަޑީގެ މަސައްކަތް ލިޔެ އަޕްޑޭޓް ކުރާނެ ގޮތް
● މަތީގައިވާ Over Time އަށް ނެގުމަށްފަހު އަހަރާއި މަސް ނަގާފައި Show އަށް ފިތާލާ. އިތުރުގަޑި ހަދާފައިވާ ދުވަސްތަކާއި ގަޑިތައް ޗެކްކުރުމަށްފަހު ކުރިމަސައްކަތް ލިޔެފައި Update އަށް ފިތާލާ

ސަލާމާއި ޗުއްޓީއަށް އެދުމާއި ޗުއްޓީ ޗިޓު ބަލާނެ ގޮތް
● މަތީގައިވާ Portal އިން Leave Requests ނެގުމަށްފަހު New Request އަށް ފިތާލާ.
● ދެން ފެންނަ ސްކްރީނުން، ޗުއްޓީގެ ބާވަތް، ފަށާ ތާރީޚް، ނިމޭ ތާރީޚް، ތަފްސީލު ލިޔުމަށްފަހު Save އަށް ފިތާލާ
● ސުޕަވައިޒަރު އެޕްރޫވް ކުރުމުން މިބައިން ޗުއްޓީ ޗިޓް ފެންނާނެ



![]()
