އަލަށް ލައިސަންސް ނެގުން
● އެއްގަމު ލައިސަންސްގެ ހިދުމަތް ހޯދުމަށް sims.transport.gov.mv އަށް ވަންނަވާ
● ސިމްސް ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ކޮންމެ ބޭފުޅެއްވެސް އެބޭފުޅެއްގެ އަމިއްލަ ނަމުގައި އީފާސް އެކައުންޓެއް ބޭނުންވާނެ.
● އީފާސް އެކައުންޓެއް ނެތް ބޭފުޅުން sims.transport.gov.mv އަށް ވަނުމުން ފެންނަ ‘ކުރިއޭޓް އެން އީފާސް އެކައުންޓް’ ބަޓަންއަށް ފިއްތާލުމަށް ފަހު އީފާސް އެކައުންޓެއް އެބޭފުޅެއްގެ އަމިއްލަ ނަމުގައި ހުޅުއްވާ
● އީފާސް އެކައުންޓް ހެދުމުން އީފާސް އެކައުންޓް ބޭނުންކޮށްގެން ސިމްސް ޕޯޓަލްއަށް ލޮގިންވެލައްވާ
● ސިމްސް ޕޯޓަލްއަށް ވަދެވުމުން ލައިސްންސްގެ ހިދުމަތް ހޯދުމަށް ބޭނުންވާހިދުމަތެއް ނެންގެވުމަށްފަހު ‘ނިއު އެޕްލިކޭޝަން’ އެއް ހުށަހަޅުއްވާ
● އެޕްލިކޭޝަން ހުށަހެޅުމުން ‘މައި އެޕްލިކޭޝަން’ ތެރެއިން އެޕްލިކޭޝަންގެ ސްޓެޓަސް ފެންނާނެ
● ތިއަރީ އިމްތިހާނުގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން ‘މައި އެޕްލިކޭޝަން’ އަށް ގޮސް ‘ޕްރޮސީޑް ޓު އެޕްލައި’ އަށް ފިއްތަވާލައްވާ
● ‘ޕްރޮސީޑް ޓު އެޕްލައި’ އަށް ދިއުމަށްފަހު އެބޭފުޅަކު އިމްތިހާނު ހަދަން ބޭނުންވާ ‘އެގްޒާމް ސެންޓަރ’ ނަންގަވާ. (މި އިދާރާއިން ހިދުމަތް ހޯދަން ބޭނުން ނަމަ ‘HDh Atoll Council’ނަންގަވާ) އަދި އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ތާރީޚް އަދި ދުއްވަން ބޭނުންވާ ގިންތި ނަންގަވާ ފޯމް ސޭވް ކޮށްލުމަށް ފަހު ޕާސްޕޯޓް މިންގަނޑަށް ފެތޭ ޕާސްޕޯޓު ފޮޓޯ އަޕްލޯޑް ކޮށްލުމަށް ފަހު ‘ސަބްމިޓް’ ކޮށްލައްވާ.
● އަލަށް ލައިސަންސް ހައްދަވާ ބޭފުޅުން ހިދުމަތް ހޯދުމަށް އެންމެ ފުރަތަމަ ނަންގަވާނީ ‘ތިއަރީ އެގްޒާމް’ގެ ހިދުމަތް ހޯއްދެވުމަށް. ތިއަރީ އިން ފާސްވުމުން އެ އެޕްލިކޭޝަން ފުރިހަމަވީ. ދެން ‘ޕްރެކްޓިކަލް އެގްޒާމް’ގައި ބައިވެރިވުމަށް އެހެން އެޕްލިކޭޝަން އެއް ހުށަހަޅުއްވާ. ޕްރެކްޓިކަލް އިން ފާސްވެ އެބޭފުޅަކު ދުއްވަން ބޭނުންވާ ގިންތިތައް ދުއްވުމުން އެ އެޕްލިކޭޝަން ފުރިހަމަވީ. ދެން ލައިސްންސް ހެއްދުމަށް ‘ޑްރައިވިން ލައިސްންސް ނިއު’ އެޕްލިކޭޝަންއެއް ހުށަހަޅުއްވާ
● ސިމްސް ޕޯޓަލްގައި އިންނަ ‘މައި ލައިސަންސް’ އަށް ވަނުމުން އެބޭފުޅެއްގެ ލައިސަންސްއެއް ފެންނާނެ.
● ލައިސަންސް ޕްރިންޓް ކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް އަމިއްލަގޮތުން އެބޭފުޅެއްގެ ލައިސަންސް ޕްރިންޓް ކުރެވޭނެ.
ގިންތި އިތުރު ކުރުން
● އެއްގަމު ލައިސަންސްގެ ހިދުމަތް ހޯދުމަށް sims.transport.gov.mv އަށް ވަންނަވާ
● ސިމްސް ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ކޮންމެ ބޭފުޅެއްވެސް އެބޭފުޅެއްގެ އަމިއްލަ ނަމުގައި އީފާސް އެކައުންޓެއް ބޭނުންވާނެ.
● އީފާސް އެކައުންޓެއް ނެތް ބޭފުޅުން sims.transport.gov.mv އަށް ވަނުމުން ފެންނަ ‘ކުރިއޭޓް އެން އީފާސް އެކައުންޓް’ ބަޓަންއަށް ފިއްތާލުމަށް ފަހު އީފާސް އެކައުންޓެއް އެބޭފުޅެއްގެ އަމިއްލަ ނަމުގައި ހުޅުއްވާ
● އީފާސް އެކައުންޓް ހެދުމުން އީފާސް އެކައުންޓް ބޭނުންކޮށްގެން ސިމްސް ޕޯޓަލްއަށް ލޮގިންވެލައްވާ
● ސިމްސް ޕޯޓަލްއަށް ވަދެވުމުން ލައިސްންސްގެ ހިދުމަތް ހޯދެއްވުމަށް ބޭނުންވާހިދުމަތެއް ނެންގެވުމަށްފަހު ‘ނިއު އެޕްލިކޭޝަން’ އެއް ހުށަހަޅުއްވާ
● އެޕްލިކޭޝަން ހުށަހެޅުމުން ‘މައި އެޕްލިކޭޝަން’ ތެރެއިން އެޕްލިކޭޝަންގެ ސްޓެޓަސް ފެންނާނެ
● ޕްރެކްޓިކަލް އިމްތިހާނުގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން ‘މައި އެޕްލިކޭޝަން’ އަށް ގޮސް ‘ޕްރޮސީޑް ޓު އެޕްލައި’ އަށް ފިއްތާލައްވާ
● ‘ޕްރޮސީޑް ޓު އެޕްލައި’ އަށް ދިއުމަށްފަހު އެބޭފުޅަކު އިމްތިހާނު ހަދަން ބޭނުންވާ ‘އެގްޒާމް ސެންޓަރ’ ނަންގަވާ. (މި އިދާރާއިން ހިދުމަތް ހޯދަން ބޭނުން ނަމަ ‘HDh Atoll Council’ނަންގަވާ) އަދި ދުއްވަން ބޭނުންވާ އުޅަނދު އަދި ދުއްވަން ބޭނުންފުޅުވާ ތާރީހް ނަންގަވާ ފޯމް ސޭވް ކޮށްލުމަށް ފަހު ޕާސްޕޯޓް މިންގަނޑަށް ފެތޭ ޕާސްޕޯޓު ޕޮޓޯ އަޕްލޯޑް ކޮށްލުމަށް ފަހު ‘ސަބްމިޓް’ ކޮށްލައްވާ.
● ގިންތި އިތުރުކުރަން ބޭނުންފުޅުވާ ބޭފުޅުން ހިދުމަތަކަށް ނަންގަވާނީ ‘ޕްރެކްޓިކަލް އެގްޒާމް’. ޕްރެކްޓިކަލް އެގްޒާމް ނަންގަވާ އެބޭފުޅަކު ދުއްވަން ބޭނުންފުޅުވާ ގިންތިއެއްގެ ނަންގަވާ ދުއްވުމުން ފާސްވުމުން އެ އެޕްލިކޭޝަން ފުރިހަމަވީ.
● ދުއްވި ގިންތީގެ ދަށުން ނުވަތަ މިހާރު ލައިސަންސްގައި އިން ގިންތިއެއްގެ ދަށުން ލިބޭ ގިންތިއެއް ލައިސްންސްގައި ޖަހަން ބޭނުންފުޅުވާ ބޭފުޅުން ‘އެޑް ކޮމްޕެލިމެންޓަރީ ކެޓަގަރީސް’ ނެންގެވުމަށް ފަހު ބޭނުންފުޅުވާ ގިންތި ނަންގަވާ. ދެން ލައިސްންސް ހެއްދުމަށް ‘ޑްރައިވިން ލައިސްންސް ރިނިއު’ އެޕްލިކޭޝަންއެއް ހުށަހަޅުއްވާ.
● ސިމްސް ޕޯޓަލްގައި އިންނަ ‘މައި ލައިސަންސް’ އަށް ވަނުމުން އެބޭފުޅެއްގެ ލައިސަންސްއެއް ފެންނާނެ
● ލައިސަންސް ޕްރިންޓް ކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް އަމިއްލަގޮތުން އެބޭފުޅެއްގެ ލައިސަންސް ޕްރިންޓް ކުރެވޭނެ
● ނޯޓް: އަމިއްލަ ގޮތުން ލައިސަންސްއަށް ކޮމްޕެލިމެންޓަރީ ކެޓަގަރީ އިތުރުކުރުމަށް ހުށަހަޅާ އެޕްލިކޭޝަންސްތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީއިން. މިނިސްޓްރީއަށް ގުޅޭނެ ނަންބަރު: 1511
● ނަމަވެސް، މިއިދާރާއިން މިޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާނަމަ، 7568801 އަށް ވައިބަރ މެސެޖެއް ކުރެއްވުން އެދެން.
ލައިސަންސް އައު ކުރުން
● އެއްގަމު ލައިސަންސްގެ ހިދުމަތް ހޯދުމަށް sims.transport.gov.mv އަށް ވަންނަވާ
● ސިމްސް ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ކޮންމެ ބޭފުޅެއްވެސް އެބޭފުޅެއްގެ އަމިއްލަ ނަމުގައި އީފާސް އެކައުންޓެއް ބޭނުންވާނެ.
● އީފާސް އެކައުންޓެއް ނެތް ބޭފުޅުން sims.transport.gov.mv އަށް ވަނުމުން ފެންނަ ‘ކުރިއޭޓް އެން އީފާސް އެކައުންޓް’ ބަޓަންއަށް ފިއްތާލުމަށް ފަހު އީފާސް އެކައުންޓެއް އެބޭފުޅެއްގެ އަމިއްލަ ނަމުގައި ހުޅުއްވާ
● އީފާސް އެކައުންޓް ހެދުމުން އީފާސް އެކައުންޓް ބޭނުންކޮށްގެން ސިމްސް ޕޯޓަލްއަށް ލޮގިންވެލައްވާ
● ސިމްސް ޕޯޓަލްއަށް ވަދެވުމުން ލައިސްންސްގެ ހިދުމަތް ހޯދެއްވުމަށް ބޭނުންވާ ހިދުމަތެއް ނެންގެވުމަށްފަހު ‘ނިއު އެޕްލިކޭޝަން’ އެއް ހުށަހަޅުއްވާ
● ލައިސަންސް އައުކުރުމަށް ބޭނުންފުޅުވާ ބޭފުޅުން ހިދުމަތަކަށް ނަންގަވާނީ ‘ޑްރައިވިން ލައިސްންސް ރިނިއު’
● އެޕްލިކޭޝަން ހުށަހެޅުމުން ‘މައި އެޕްލިކޭޝަން’ ތެރެއިން އެޕްލިކޭޝަންގެ ސްޓެޓަސް ފެންނާނެ
● ސިމްސް ޕޯޓަލްގައި އިންނަ ‘މައި ލައިސަންސް’ އަށް ވަނުމުން އެބޭފުޅެއްގެ ލައިސަންސް ފެންނާނެ
● ލައިސަންސް ޕްރިންޓް ކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް އަމިއްލަގޮތުން އެބޭފުޅެއްގެ ލައިސަންސް ޕްރިންޓް ކުރެވޭނެ
● ނޯޓް: އަމިއްލަ ގޮތުން ލައިސަންސް އައު ކުރުމަށް ހުށަހަޅާ އެޕްލިކޭޝަންސްތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީއިން. މިނިސްޓްރީއަށް ގުޅޭނެ ނަންބަރު: 1511
● ނަމަވެސް، މިއިދާރާއިން މިޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާނަމަ، 7568801 އަށް ވައިބަރ މެސެޖެއް ކުރެއްވުން އެދެން.
ލައިސަންސް ޚިދުމަތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 6528801، 6521647، 6521648 އަށް ގުޅުއްވާ.
ނުވަތަ ވައިބަރ އިން 7568801 އަށް މެސެޖެއް ކޮށްލައްވާ.