ދީނީ ސުވާލު މުބާރާތް 1447


މުބާރާތުގެ ޕޮއިންޓް ޓޭބަލް
PTS
ANS
NAME
RANK
30
30
AISHATH ADAM
1
30
30
ALI UMAR
1
30
30
SHAREEFA AHMED
1
30
30
SOBRIYATH HUSSAIN
1
29
30
ENASH IBRAHIM
2
29
30
FATHIMATH ALI
2
29
29
HASEEN
2
29
29
KHADHEEJA IBRAHIM
2
29
30
SUMA ABDUL GHANEE
2
29
30
MOHAMED HAMDHOON
2
29
30
JAMEELA HASSAN
2
28
30
ADAM MOHAMED
3
28
30
AMINATH ADAM
3
28
30
AZUHATH MOHAMED
3
28
29
SHIFA MOHAMED
3
27
30
MARYAM THAHNIYA
4
27
30
AZLEENA ALI
4
27
29
UMMU KULSOOM
4
25
27
AMINATH ISMAIL
5
25
27
SAAFIYATH UMAR
5
24
28
ABDULLA MOHAMED
6
24
30
MOHAMED A RAHMAN
6
23
24
INAYATH ALI
7
23
30
KHADHEEJA MOOSA
7
21
26
IBRAHIM UMAR
8
18
26
BASHEERA UMAR
9
16
23
FAZNA IBRAHIM
10
15
20
AMINATH MAIHA
11
08
10
MOHD ADAM THAKS
12
07
07
SAALIMA MOHAMED
13
06
08
ABOOBAKURU JELL
14
05
08
ADAM ILHAAM
15
05
06
ASIF A RAHEEM
15
04
09
MOHD ADAM HAMKO
16
04
04
ALI IRUFAN
16
03
04
MOHAMED ALI
17
03
03
SAJUWA AHMED
17
01
01
AMINATH MOOSA
18
Last Updated : 23 March 2026, 11:23:37



މުބާރާތުގެ ސުވާލުތަކާއި ޖަވާބުތައް:
#
ސުވާލާއި ޖަވާބު
1
ސުވާލު:ފަހު އައްތަޙިއްޔާތު ކިޔުމަކީ ނަމާދުގެ ފަރުޟެއްތަ ނުވަތަ ސުންނަތެއްތަ؟
ޖަވާބު:ފަރުޟެއް
2
ސުވާލު:ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުނީ ކޮން އަހަރަކު؟
ޖަވާބު:ހިޖުރައިން 2 ވަނަ އަހަރު
3
ސުވާލު:ތަޤުވާވެރިކަން ބަޔާން ކޮށްދެއްވަމުން ރަސޫލާ ހަދީސްކުރައްވާފައި ވެއެވެ. "ތަޤުވާވެރިކަން ވަނީ މިތާނގައެވެ. ތަޤުވާވެރިކަން ވަނީ މިތާނގައެވެ." މިހަދީސްފުޅުގައި އިޝާރާތް ކުރެއްވީ ކޮން ތަނަކަށް؟
ޖަވާބު:ހިތަށް
4
ސުވާލު:"އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ." މިފަދައިން ވަޙީ ކުރައްވާފައިވަނީ ކޮން ސޫރަތެއްގައި؟
ޖަވާބު:ޙުޖުރާތު ސޫރަތުގައި
5
ސުވާލު:އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގައި، ކީރިތި ރަސޫލާއާ ބައްދަލުވެވަޑައިގެންނެވީ ކިތައް ރަސޫލު ބޭކަލުން؟
ޖަވާބު:8 (އަށެއް)
6
ސުވާލު:ދަނޑަށް ފެންދޭން ނުޖެހި ހައްދާ ގޮވާމާއި މޭވާ އަދި ދަނޑަށް ފެންދީގެން ނުވަތަ ޚަރަދުކޮށްގެން ހައްދާ ގޮވާމާއި މޭވާ ދެވައްތަރު އެއްވެ، ވަކިކުރަން ނޭނގޭނަމަ، އެއިން ޒަކާތަށް ނެރެން ވާޖިބުވާ މިންވަރަކީ ކޮބާ؟
ޖަވާބު:ސާޅީސްބައިކުޅަ 3 ބައި
7
ސުވާލު:ޞަހާބީ ބޭކަލަކު އަޅެއްގެ ގޮތުގައި ހުންނަވަނިކޮށް، 300 ކަދުރު ރުއް އިންދަވައިދެއްވައިގެން، އެބޭކަލަކު މިނިވަން ކުރެއްވުމަށް ނަބިއްޔާ މުޙައްމަދު (ސ.ޢ.ވ) އެހީތެރިވެވަޑައިގެން މިނިވަން ކުރެއްވީ ކޮން ސަޙާބީ ބޭކަލެއް؟
ޖަވާބު:ސަލްމާން އަލް ފާރިސީ
8
ސުވާލު:ޢަލީގެފާނުގެ ޚިލާފަތުގައި ހިނގި ތަޙުކީމުގެ ހާދިސާގައި، ޢަލީގެފާނުގެ ލަޝްކަރު ބައިބައިވެ ޢަލީގެފާނުގެ ލަޝްކަރުގެ ތެރެއިން، ޢަލީގެފާނާ ދެކޮޅަށް ނުކުތް މީހުންނަށް ކިޔަނީ ކީކޭ؟
ޖަވާބު:ޚަވާރިޖުން
9
ސުވާލު:ކީރިތި ޤުރްއާނުގެ ސޫރަތެއްގެ މެދުތެރެއިން، އާޔަތެއްގައި ބިސްމި އައިސްފައި ވެއެވެ. މިއީ ކޮން ލިޔުމެއްގެ ފެށުމުގައިވާ ބިސްމި އެއް؟
ޖަވާބު:ޔަމަނުގެ ރާނީ ބަލްޤިސްއަށް ހުދުހުދު ގެންގޮސްދިން ސިޓީ
10
ސުވާލު:ސުވާލު 10 – މުސްލިމުންގެ ފުރަތަމަ ހިޖުރަކުރީ ކޮންތަނަކަށް؟
ޖަވާބު:ޙަބަޝާއަށް
11
ސުވާލު:މި އުންމަތަށް އެންމެ ފުރަތަމަ ޝަރުޢު ކުރެވުނު ރޯދައަކީ ކޮބާ؟
ޖަވާބު:ޢާޝޫރާ ދުވަހުގެ ރޯދަ
12
ސުވާލު:ރަސޫލާގެ ކާފަ ދަރިކަލުން، ޙުސައިން ބިން ޢަލީ ޝަހީދުކޮށްލެވިފައިވަނީ ކޮން ތަނެއްގައި؟
ޖަވާބު:ކަރްބަލާ
13
ސުވާލު:ފަރުބަދަތައް ކަނޑައިގެން ގެ ހަދާ އުޅުނީ ކޮން ނަބިއްޔެއްގެ ޤައުމުގެ މީހުންނެއް؟
ޖަވާބު:ޞާލިޙު عليه السلام
14
ސުވާލު:މޫސާ، އައްޔޫބު، އިލްޔާސް، އަލްޔަސައު ގެ ތެރެއިން އެންމެ މަދުން ޤުރުއާނުގައި ޒިކުރު ކުރެވިފައިވާ ނަބިއްޔަކީ ކޮބާ؟
ޖަވާބު:އަލްޔަސަޢު عليه السلام
15
ސުވާލު:މިއުންމަތުގެ ފިރުއަޢުނަކީ ކޮބާ؟
ޖަވާބު:ޢަމްރު ބުނު ހިޝާމް (އަބޫ ޖަހުލު)
16
ސުވާލު:ޠޫބާ އަކީ ސުވަރުގޭގައިވާ ކޮން އެއްޗެއް؟
ޖަވާބު:ގަހެއް
17
ސުވާލު:އެ ސޫރަތެއްގައި އެނަބީބޭކަލެއްގެ ވާހަކަ މެނުވީ އައިސްފައިނުވާ ސޫރަތަކީ ކޮބާ؟
ޖަވާބު:ސޫރަތު ޔޫސުފް
18
ސުވާލު:ޝިފާއެއް ކަމުގައި ޤުރްއާނުގައި ބަޔާންވެފައިވާ ބުއިމަކީ ކޮބާ؟
ޖަވާބު:މާމުއި
19
ސުވާލު:ދުނިޔޭގައި ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ކޮބާ؟
ޖަވާބު:މަސްޖިދުލްޙަރަމް
20
ސުވާލު:ރަސޫލާގެ މަންމާފުޅު އަވަހާރަވުމުން، އެކަލޭގެފާނުގެ މައިކަމަނާގެ މަޤާމުގައި ހުންނަވައި ބެލެނިވެރިކަމުގެ ހުރިހާ ކަމެއް ކުރެއްވެވީ ކާކު؟
ޖަވާބު:ބަރަކާ ބިންތި ޘަޢުލަބާ
21
ސުވާލު:ކީރިތި ޤުރްއާނުގައި ވާރިދުވެގެން އައިސްފައިވާ ގޮތުން، ބަނީ އިސްރާއީލު ބާގައިގެ އަހުލުވެރިން ނިސްބަތްވަނީ ކޮން ރަސޫލު ބޭކަލެއްގެ ދަރިފަސްކޮޅެއްގެ ގޮތުގައި؟
ޖަވާބު:ޔަޢުޤޫބު ގެފާނު
22
ސުވާލު:ނަބިއްޔާ، މުޙައްމަދު ގެފާނުގެ ނަސަބުފުޅު ދެމިގެން ގޮސްފައިވަނީކޮން ބޭފުޅެއްގެ ފަރާތްޕުޅުން؟
ޖަވާބު:ފާޠިމަތު ގެފާނު
23
ސުވާލު:ރަސޫލާގެ މައްޗަށް ނަފްސު ހިބަކޮށްދެއްވި ކަމަށް، އަލްއަޙްޒާބު ސޫރަތުގެ 50 ވަނަ އާޔަތުގައި ވަނީ ރަސޫލާގެ ކޮން އަނބިކަބަލެއްގެ ވާހަކައެއް؟
ޖަވާބު:މައިމޫނާ ބިންތު ޙާރިޘް
24
ސުވާލު:މިޢުރާޖުގެ ރޭ ބައިތުލްމަޢުމޫރަށް އަރައިވަޑައިގެންނެވުމަށްފަހު ރަސޫލާއަށް އެރުވުނު 3 ތަށީގެ ތެރެއިން އެކަލޭގެފާނު އިޚްތިޔާރު ކުރެއްވީ ކޯޗެއް؟
ޖަވާބު:ކިރު
25
ސުވާލު:ތެދުމަގު ދެއްކެވުމަށްޓަކައި މީސްތަކުންގެ ގާތަށް ފޮނުއްވުނީ ކިތައް ރަސޫލު ބޭކަލުން؟
ޖަވާބު:315
26
ސުވާލު:ރަސޫލާ ސުވަރުގެވަޑައިގަތުމުގެ ކުރީން އިމާމުވެ ކުރެއްވި އެންމެ ފަހު ނަމާދަކީ ކޮބާ؟
ޖަވާބު:މަޣްރިބު ނަމާދު
27
ސުވާލު:ލޯފަން، މުސްކުޅި މަންމަގެ ޚިދުމަތުގައި ހުންނެވުމަށްޓަކައި، ރަސޫލާއާ ބައްދަލުވުމުގެ މަތިވެރި ޝަރަފު ޤުރުބާން ކުރެއްވި ބޭކަލަކީ ކޮބާ؟
ޖަވާބު:ޢުވައިސް ބިން ޢާމިރު
28
ސުވާލު:" إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا " މިއާޔަތުގައި ސިފަކުރައްވާފައިވާ ފަތަޙަ އަކީ ކޮން ކަމެއް؟
ޖަވާބު:ޞުލްޙަލްހުދައިބިއްޔާ
29
ސުވާލު:ރަސޫލުބޭކަލުންނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރެއިން، ކަރާމާތެއްގެ ގޮތުގައި ތާބިޢީ ބޭކަލަކަށް ދެއްކެވީ ކޮން ކަމެއް؟
ޖަވާބު:އަލިފާންގަނޑަށް އެއްލާލެއްވުމުން ސަލާމަތް ކުރެއްވުން
30
ސުވާލު:(ލިސްޓްގައިވާ ކަންކަމުގެ ތެރެއިން) އިޙްރާމުގައި ހުންނަ މީހަކު ކުރުން ހުއްދަނޫން ކަންތައްތަކަކީ ކޮބާ؟
ޖަވާބު:ފިރިހެނުން ތޮފި އެޅުން، މީހަކު ކުރެން ކައިވެންޏަށް އެދި އެހުން



ނަމާދު ވަގުތު:
30 ރަމަޟާން 1447 - ބުރާސްފަތި
ފަތިސް
އިރުއަރާ
މެންދުރު
ޢަޞްރު
މަޣްރިބް
ޢިޝާ
05:00
06:11
12:20
15:29
18:21
19:32
ރަމަޟާން މަހުގެ ނަމާދު ވަގުތު (ހދ. އަތޮޅު)


މުބާރާތުގެ ކުރިޔަށްދާ ގޮތް:

● މިއީ ކްލަބް ތިލަދެކުނުގެ މެންބަރުންގެ މެދުގައި އިސްލާމީ ތާރީޚާއި، ސީރަތު އަދި ދީނީ މަޢުލޫމާތު އިތުރު ކުރުމަށް ބާއްވާ މުބާރާތެކެވެ.

● މުބާރާތުގައި ކްލަބް ތިލަދެކުނުގެ ހުރިހާ މެންބަރުންނަށް ބައިވެރި ވެވޭނެއެވެ.

● މުބާރާތުގައި ރޯދަމަހުގެ ކޮންމެ ދުވަހަކު ސުވާލެއް ވަޓްސްއަޕް ގްރޫޕުގައި ގެނެސް ދެވޭނެއެވެ.

● ސުވާލުގެ ޖަވާބު ދިނުމުގެ ސުންގަޑިއަކީ ރޭގަނޑު 23:59 އެވެ.

● ޖަވާބު ފޮނުވުމަށް، ބޭނުން ކުރާނީ ސުވާލާއެކުގައިވާ ފޯމެވެ.

● އެއް ފަހަރަށްވުރެ ގިނަފަހަރު ޖަވާބު ދީފައިވާނަމަ ބަލާނީ އެންމެ ފަހުން ދީފައިވާ ޖަވާބަށެވެ.

● ފޯމު ފުރުމުގައި އިނގިރޭސި ނުވަތަ ދިވެހި ބޭނުން ކުރެވިދާނެއެވެ. ސުންގަޑި ހަމަވުމުން ޖަވާބުދޭ ފޯމު އޮޓޯއިން ބަންދުވާނެއެވެ.

● ޖަވާބުދޭއިރު ޖަހަންޖެހޭ ސިއްރު ބަސް، ޖަވާބުދޭ ކޮންމެ ފަހަރަކު އެއްގޮތަށް (އެއްބަހެއް) ބޭނުން ކުރަން ވާނެއެވެ. މިބަސް އެހެން ފަރާތަކާ ހިއްސާ ކޮށްގެން ނުވާނެއެވެ.

● އެންމެ ގިނަ ސުވާލު ރަނގަޅު ކުރާ ފަރާތަކަށް -/500 ރުފިޔާގެ ފައިސާގެ އިނާމު އަދި ގިފްޓްޕެކެއް، 2 ވަނައަށް -/250 ރުފިޔާއާއި ގިފްޓްޕެކެއް އަދި 3 ވަނައަށް ގިފްޓްޕެކެއް ދެވޭނެއެވެ.

● އެކަކަށްވުރެ ގިނައިން ވަނަތަކަށް ވާދަކުރާނަމަ، އިނާމު ދެވޭނީ ގުރުއަތު ލައިގެންނެވެ.

● މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހުކުރު ދުވަހަކު ޕިއްޒާއެއް ހުށަހެޅިފައި ވެއެވެ.

● މުބާރާތުގައި ގެނެސްދެވޭ ސުވާލުތަކުގެ ޖަވާބު މިޕޭޖުގައި އަޕްޑޭޓް ކުރެވޭނެއެވެ.


Loading