ހދ އަތޮޅު ފުޓުބޯޅަ މުބާރާތް އޮކްޓޫބަރުމަހު ބާއްވާގޮތަށް ހަމަޖައްސައިފި
ހދ އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމު ކޮށްގެން، މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހދ އަތޮޅު ފުޓްބޯޅަ މުބާރާތް 2017 އިއުލާނު ކޮށްފި އެވެ.
އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހދ އަތޮޅުގައި ރެޖިސްޓްރީވެފައިވާ ކުލަބު ޖަމިއްޔާތަކަށް އަދި ރަށު ކައުންސިލްތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ.
މީގެ އިތުރުން ހޯސްޓް ކުރުމުގެ ފުރުސަތުވެސް ވަނީ ރަށު ކައުންސިލްތަކަށާއި ކުލަބު ޖަމިއްޔާތަކަށްވެސް ހުޅުވާލާފަ އެވެ. މުބާރާތް ހޯސްޓް ކުރަން އެދުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު 14 އެވެ.
މުބާރާތާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ އަތޮޅު ކައުންސިލްގެ ފޯނު ނަންބަރު 6521100 އާ ގުޅުއްވުމުން ލިބޭނެ އެވެ.
އިޢުލާނު: މުބާރާތް ހޮސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން
ފުޓުބޯޅަ މުބާރާތް ހޮސްޓް ކުރުމާބެހޭ މަޢުލޫމާތު އަދި ހޮސްޓްކުރަން އެދޭ ފޯމު