ތިލަދެކުނު ވޮލީ ޗެމްޕިއަންސް: ހަނިމާދޫ ސާއްބަ އަދި ނޮޅިވަރަމު ޒުވާނުންގެ ގުޅުން

ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް، އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަމު ޒުވާނުންގެ ގުޅުން ހޯދައިފިއެވެ.

ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް، ޗެމްޕިއަންކަން ހޯދީ ފައިނަލުގައި، ފިނޭ ޑިޒަޔަރ ކްރޫ ސްޕޯރޓްސް ކްލަބާ ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ. އަދި ނޮޅިވަރަމު ޒުވާނުންގެ ގުޅުން ޗެމްޕިއަންކަން ހޯދާފައިވަނީ، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާ ބައްދަލުކޮށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ.

2025 ސެޕްޓެމްބަރ 11 ވަނަ ދުވަހު، ހަވީރު ކުޅެވުނު އަންހެން ޑިވިޜަންގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ، ހަނިމާދޫ ސާއްބައިގެ ޖާޒީ ނަންބަރު 12 ޝަހުމީލާ ޢަބުދުލްހަކީމް އެވެ. އަދި އެރޭ ކުޅެވުނު ފިރިހެން ޑިވިޜަންގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނޮޅިވަރަމު ޒުވާނުންގެ ގުޅުން ޓީމުގެ ޖާޒީ ނަންބަރު 4 އަމްދާން ޢަލީ އެވެ.

އަންހެން ޑިވިޜަންގެ އެންމެ މޮޅު އަންހެން 6 ކުޅުންތެރިން

1. ޝަހުމީލާ އަބުދުލްހަކީމް (ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް)

2. އައިޝަތު ރީޝާ (ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް)

3. ޢާއިޝަތު މުޙައްމަދު (ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް)

4. އީނަތު އަހުލާ (ފިނޭ ޑިޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް)

5. ޢާއިޝަތު ޝަބާނާ (ފިނޭ ޑިޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް)

6. މަލްދާ މަސްޢޫދު، ( ސޮސައިޓޯ ފޯރ ކުޅުދުއްފުށީ ޔޫތު)

އަންހެން ޑިޒިޒަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ހަނިމާދޫ ސާއްބަ ޓީމުގެ ކޯޗު މުހައްމަދު ނާސިރެވެ.

މި މުބާރާތުގެ އަންހެން ޑިވިޒަންގެ ފެއާޕްލޭ ޓީމަކީ ކުމުންދޫ ސްޕޯޓްސް ކްލަބެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިން

1. އަމްދާން އަލީ، (ނޮޅިވަރަމް ޒުވާނުންގެ ގުޅުން)

2. އަހްމަދު ރަޝީދު (ނޮޅިވަރަމް ޒުވާނުންގެ ގުޅުން)

3. ޙުސައިން ޔޫސުފް (ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ)

4. ޢަލީ ޚާލިދު (ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ)

5. ޢަލީ ވަޙީދު (ކުޅުދުއްފުށީ ކްލަބް ކޮރަލްސް)

6. ޙަސަން ޒިޔާދު (ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބް)

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ކޯޗުގެ ގޮތުގައި ހޮވިފައި ވަނީ ނޮޅިވަރަމް ޒުވާނުންގެ ގުޅުމުގެ ކޯޗު ޙުސައިން ޢަލީއެވެ. މުބާރާތުގެ ޓީމަކަށް ހިވުނީ ކުޅުދުއްފުށީ ސިޓީގެ ކްލަބް ކޮރަލްސް އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ހދ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން، މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވި ތިލަދެކުނު ބޮލީ މުބާރާތް ކުރިޔަށް ދިޔައީ 2025 އޯގަސްޓް 24 ން ސެޕްޓެމްބަރ 11 އަށް ހދ. ނައިވާދޫގައެވެ. މިމުބާރާތުގައި ފިރިހެން 8 ޓީމު އަދި އަންހެން 6 ޓީމު ވާދަ ކޮށްފައި ވެއެވެ.