އީ-ކައުންސިލް އެޕްލިކޭޝަންގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ކައުންސިލްތައް ހިންގުން ހަރުދަނާކޮށް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ތައްޔާރު ކުރައްވާފައިވާ އީ-ކައުންސިލް އެޕްލިކޭޝަންގެ ފައިނޭންސް އަދި އެޑްމިނިސްޓްރޭޝަން މެނޭޖުމަންޓް މޮޑިއުލް ރޯލްއައުޓް ކުރުމުގެ މަސައްކަތް ކުރުމާއި މި އެޕްލިކޭޝަނަށް އަހުލުވެރި ކުރުވުމުގެ ގޮތުން ތިން ދުވަހުގެ ތަމްރީނު ޕްރޮގުރާމެއް ބާއްވައިފި އެވެ.

އަތޮޅު ކައުންސިލާއި، މި އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން، މި ޑިސެންބަރު މަހުގެ 08 ން 10 އަށް ބޭއްވި ޓްރޭނިން ޕްރޮގުރާމްގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ފައިސާއާބެހޭ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

އީ-ކައުންސިލް ފައިނޭންސަލް އަދި އެޑްމިނިސްޓްރޭޝަން މެނޭޖުމެންޓް މޮޑިއުލް ރޯލްއައުޓްކުރުމުގެ ޓްރޭނިންގ ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޙުސައިން ވަޙީދާއި، ހއ.ހޯރަފުށީ ކައުންސިލްގެ ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް ތަސްލީމު އަޙްމަދެވެ.