ހދ. އަތޮޅު ޤުރުއާން މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އަތޮޅު ޤުރުއާން މުބާރާތް މި އަހަރު ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ގަސްދުކުރެވިފައިވަނީ އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. މި މުބާރާތް ހޯސްޓް ކުރުމަށް ޝައުގުވެރިވާ ރަށު ކައުންސިލް، ކްލަބް، ޖަމްއިއްޔާ އަދި ޖަމާއަތްތަކުން 15 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ކުރިން އަތޮޅު ކައުންސިލް އިދާރާއަށް ދުުރުވެ ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ވަނީ ޢާންމުކޮށް އިޢުލާނު ކުރެވިފައެވެ. އަދި ޕްރޮޕޯސަލް ހުށައަޅާއިރު މުބާރަތުގެ އިންތިޒާމްތައް ރާވާފައިވާ ގޮތުގެ ތަފްސީލްވެސް ހުށައެޅުމަށް އެއިއުލާނުގައި ބުނެފައިވެއެވެ.

އަދި މުބާރަތް ބާއްވާނެ ރަށަކާއި ތަނެއް ކަނޑައެޅުމުގައި އިސްކަންދޭނީ އެންމެ ހަރަދު ކުޑަކޮށް މުބާރާތުގެ ފެންވަރު ރަނގަޅު އިންތިޒާމެއްގެ މަތިން ބޭއްވުމަށް ހުށައަޅާ ފަރާތްތަކަށެވެ.

މުބާރާތް ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ ބަޖެޓް ތައްޔާރު ކުރަންވީ ގޮތުގެ ނަމޫނާ ކަރުދާސް ހދ އަތޮޅު ކައުންސިލުންނާއި، ރަށު ކައުންސިލްތަކުން ލިބެން ހުންނާނެ އެވެ.


އިޢުލާނު 2018/01 – ހދ. އަތޮޅު ޤުރުއާން މުބާރާތް ހޯސްޓް ކުރުމަށް ފުރުޞަތު ހުޅުވާލުން