ހދ. އަތޮޅު ޤުރުއާން މުބާރާތް 1439
އަތޮޅު ޤުރްއާން މުބާރާތުގެ ޤަވާޢިދު
01- ތަޢާރަފް
މިއީ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، އަހަރަކު އެއްފަހަރު އަތޮޅު ފެންވަރުގައި ބޭއްވުމަށް އަތޮޅު ކައުންސިލުން އިސްނަގައިގެން ބާއްވާ ހދ. އަތޮޅު ޤުރުއާން މުބާރާތެވެ.
02- މުބާރާތުގެ ނަން:
މިމުބާރާތަށް ކިއުމަށް ހަމަޖެހިފައިވަނީ “ހދ.އަތޮޅު ޤުރުއާން މުބާރާތް” މިހެންނެވެ.
03- މުބާރާތުގެ މަޤްޞަދު:
ހ) އަތޮޅު ތަކުގައި ކީރިތި ޤުރްއާނުގެ ހަމަތަކުގެ މަތިން އުނގެނުމާއި، އުގަންނައިދިނުމުގައި ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލްކަން އުފެއްދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުން.
ށ) އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވުމަށް މަސައްކަތްކުރުން.
04- މުބާރާތުގައި ބައިވެރިވާ ފަރާތްތައް:
މި މުބާރާތުގައި ބައިވެރިކުރެވޭނީ ހދ.އަތޮޅު ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާ ޓީމްތަކެވެ.
05- މުބާރާތުގައި ބައިވެރިވުމާއި ބައިވެރި ކުރެވޭނެ ޢަދަދު
މި މުބާރާތުގައި ބައިވެރި ކުރެވޭނީ ރަށު ފެންވަރުގައި ބޭއްވޭ މުބާރާތުން %75 އަށްވުރެ މަތިން މާރކްސް ހޯދާފައިވާ ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާރކްސް ހޯދާ 15 ދަރިވަރުންނަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 8 ދަރިވަރުންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން 7 ދަރިވަރުންނެވެ.
މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލުން ކަނޑައަޅާ ތާރީޚްގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯރމް އަތޮޅު ކައުންސިލަށް ހުށަހެޅުމުންނެވެ.
06- މުބާރާތުގައި ވާދަކުރާ ގޮފިތައް:
ހ) ބަލައިގެން ކިޔެވުމުގެ ގޮފި
ށ) ނުބަލާ ކިޔެވުމުގެ ގޮފި
07- މުބާރާތް ކޯޑިނޭޓްކުރާނެ ފަރާތް:
މިމުބާރާތް ރާވާ އިންތިޒާމް ކުރަނީ ހދ.އަތޮޅު ކައުންސިލް އިދާރާއިން ކަނޑައަޅާ ކޮމިޓީއަކުންނެވެ.
08- މުބާރާތުގައި އިންސާފުކުރުން:
ޤައުމީ ޤުރުއާން މުބާރާތުގައި އިންސާފުކުރެވޭ ގޮތަށް އަތޮޅު މުބާރާތުގައި އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ފަނޑިޔާރެއްވެސް ވަކި ބަޔަކަށެވެ.
09- މުބާރާތުގައި ހޮވާ ވަނަތައް:
** ބަލައިގެން ކިޔެވުމުގެ ގޮފިން ކޮންމެ އުމުރުފުރާއަކުން 1 2 3 ވަނަ ދަރިވަރު
** ނުބަލާ ކިޔެވުމުގެ ގޮފިން ކޮންމެ އުމުރުފުރާ އަކުން 1 2 3 ވަނަ ދަރިވަރު
** ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 2 3 ވަނަ ދަރިވަރު
** ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 2 3 ވަނަ ދަރިވަރު
** މުޅި މުބާރާތުން 1 2 3 ވަނަ ރަށް
** މުޅި މުބާރާތުން އެންމެ މޮޅު 15 ދަރިވަރު
** މުބާރާތުގައި ބައިވެރިވެ ކިޔެވި ދަރިވަރުންނަށްދެވޭ ހަނދާނީ ލިޔުން
10- މުބާރާތުގައި ވަނަތައް ހޮވުމުގައި ޢަމަލުކުރާނެ ގޮތް:
މުބާރާތުގެ ވަނަތައް ހޮވާނީ ފަނޑިޔާރުންގެ އެވްރެޖް މާރކްސްގެ ތެރެއިން އެންމެމަތީ މާރކްސް ލިބޭ ފަރާތްތަކުގެ ތަރުތީބުންނެވެ.
** 1 ވަނައަށް ހޮވާނީ 80 މާރކްސް އަށްވުރެ މަތީ މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެމަތީ މާރކްސް ލިބުނު ފަރާތެވެ
** 2 ވަނައަށް ހޮވާނީ 70 މާރކްސް އަށްވުރެ މަތީ މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން 1 ވަނައަށް ހޮވުނު ފަރާތްފިޔަވައި ދެން އެންމެމަތީ މާރކްސް ލިބުނު ފަރާތެވެ.
** 3 ވަނައަށް ހޮވާނީ 60 މާރކްސް އަށްވުރެ މަތީ މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން 1 ވަނަ އަދި 2 ވަނައަށް ހޮވުނު ފަރާތްފިޔަވައި ދެން އެންމެ މަތީ މާރކްސް ލިބުނު ފަރާތެވެ.
** މުޅި މުބާރާތުގެ 1 ވަނަ 2 ވަނަ 3 ވަނަ ރަށް ހޮވާނީ އެރަށަކުން ބައިވެރިވެ ކިޔެވި ދަރިވަރުންގެ މާރކްސް އެއްކޮށް އެންމެ ގިނަ މާރކްސް ހޯދި ތަރުތީބުންނެވެ.
** މުޅި މުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުން ކަނޑައަޅާނީ، ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވެ ކިޔެވި ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާރކްސް ހޯދި 8 ދަރިވަރުންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވެ ކިޔެވި ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާރކްސް ހޯދި 7 ދަރިވަރުންނެވެ.
މި ޤަވާޢިދުގައި ހިމެނިފައިނުވާ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ އަތޮޅުކައުންސިލްގެ ރައީސްގެ މަޝްވަރާގެ މަތިން މުބާރާތުގެ ކޯޑިނޭޓިން ކޮމިޓީންނެވެ.