ހދ.އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވައިކަރަދޫ ހޯދައިފި

ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އެއްވަނަ މިއަހަރުވެސް ވައިކަރަދޫން ހޯދައިފި އެވެ. މިއީ މިމުބާރާތް ޖެހިޖެހިގެން ވައިކަރަދޫ ކާމިޔާބުކުރި ފަސްވަނަ އަހަރެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، 07 އޭޕްރީލް 2018 ވީ ހޮނިހިރު ދުވަހުގެރޭ މަކުނުދޫ ސްކޫލުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީ ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރު އިބުރާހިމް މުހައްމަދެވެ.

ހދ އަތޮޅުގެ 11 ރަށަކުން 128 ދަރިވަރުން ވާދަކުރި މިމުބާރާތުގެ އެއްވަނަ ވައިކަރަދޫ ހޯދާފައިވާއިރު، ދެވަނަ ރަށަކަށް ހޮވިފައިވަނީ ކުޅުދުއްފުށްޓެވެ. އަދި ތިންވަނަ ޙާޞިލުކޮށްފައިވަނީ ނޮޅިވަރަމެވެ.

މިރަސްމިއްޔާތުގައި މުބާރާތުގެ  އެންމެ މޮޅު 15 ދަރިވަރުން ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. އެ 15 ދަރިވަރުންގެ ތެރޭގައި ނުބަލާ ކިޔެވުމުގެ ގޮފިން 7 ދަރިވަރުންނާއި އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 8 ދަރިވަރަކު ހޮވާފައިވެ އެެވެ.

މިރަސްމިއްޔާތުގައި، މުބާރާތުގެ ހުރިހާ އުމުރުފުރާތަކަށްވެސް ދެގޮފިން ވަނީ ވަނަ ހޮވައި ޓްރޮފީއާއި ހަނދާނީލިޔުން ޙަވާލުކޮށްފައެވެ. މިރަސްމިއްޔާތުގައި ހދ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު އާތިފްއާއި ކައުންސިލްގެ ވެރިންނާއި މަކުނުދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު ޝާކިރު އަދި މަކުނުދޫގައި ހުރި ސަރުކާރު މުވައްސަސާތަކުގެ ވެރިންގެ އިތުރުން ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނާއި ބައެއް ޕްރިންސިޕަލްގެ އިތުރުން ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެ އެވެ.

މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން

  • އެއްވަނަ – ފައިހާ އަބުދުﷲ ޢަޤީލް، ފަލްކަމް/ ވައިކަރަދޫ
  • ދެވަނަ – ފާތިމަތު ނިހާލް މުހަންމަދު، ކަސްމީރުވާދީ/ ވައިކަރަދޫ
  • ތިންވަނަ – މުހައްމަދު އައްމާރު އަހުމަދު ނަސީމް، ސްނޯރޯސް/ ނެއްލައިދޫ (ކުޅުދުއްފުށި)

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން

  • އެއްވަނަ – ރާޔާ އަންވަރު، ގ.ނިޔާމަ/ ކ.މާލެ (މަކުނުދޫ)
  • ދެވަނަ – އަހުމަދު އަރުޝަމް، ގުރަހާތަރި/ ވައިކަރަދޫ
  • ތިންވަނަ – މަލަކާ މުހައްމަދު ހަބީބު، ޒެންބިއާ/ މަކުނުދޫ

ނުބަލާ ކިޔެވުމުގެ ގޮފިން ގަދަ 15 ގައި ހިމެނުނު 7 ދަރިވަރުން

  • ފައިހާ އަބުދުﷲ އަގީލް، ފަލްކަމް/ ވައިކަރަދޫ
  • ފާތިމަތު ނިހާލު މުހަންމަދު، ކަސްމީރުވާދީ/ ވައިކަރަދޫ
  • މުހައްމަދު އައްމާރު އަހުމަދު ނަސީމް، ސްނޯރޯސް/ ނެއްލައިދޫ (ކުޅުދުއްފުށި)
  • މާޔާ މުހައްމަދު، ގަހާ/ ނޮޅިވަރަން
  • އާއިޝަތު އީލާފް އަލީ ނަސީދު، ރޯޝަނީއާގެ/ މަކުނުދޫ
  • އަހުމަދު އަތޫފް މުހައްމަދު، ފަސްތަރި/ ކުޅުދުއްފުށި
  • ޝައްމާ މުހައްމަދު، ގަހާ/ ނޮޅިވަރަން

ބަލައިގެން ކިޔެވުމުގެ ގޮފިން ގަދަ 15 ގައި ހިމެނުނު 8 ދަރިވަރުން

  • ރާޔާ އަންވަރު، ގ.ނިޔާމަ/ ކ.މާލެ (މަކުނުދޫ)
  • އަހުމަދު އަރުޝަމް، ގުރަހާތަރި/ ވައިކަރަދޫ
  • މަލަކާ މުހައްމަދު ހަބީބު، ޒެންބިއާ/ މަކުނުދޫ
  • މަރްޔަމް ސިދުރާ ޝަފީޤް، ކަނބުރު/ ވައިކަރަދޫ
  • ފާތިމަތު ރިފްދާ، ހިރި/ ހއ ކެލާ(ހަނިމާދޫ)
  • ރާއިދާ މުސާ، އެލްޕާސޯ/ ކުމުންދޫ (ކުޅުދުއްފުށި)
  • މަރްޔަމް އިބާ، އެނގަކުރި/ ހަނިމާދޫ
  • ރަނާ އިބުރާހިމް، ޑިޒާރވް/ މަކުނުދޫ