އަތޮޅު ކައުންސިލްގެ ރައީސަކަށް އާޠިފް، އަދި ނާއިބު ރައީސަކަށް އަޙްމަދު އިބްރާހީމް އިންތިޚާބު ކުރައްވައިފި

ހދ. އަތޮޅު ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ އަހަރުގެ ރައީސަކަށް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްފާޟިލް އަހުމަދު އާތިފް އަދި ނައިބު ރައީސަކަށް ނޮޅިވަރަމް ދާއިރާގެ މެމްބަރަކަށް އަލްއުސްތާޒް އަހުމަދު އިބުރާހިމް އިންތިހާބު ކުރައްވައިފިއެވެ.

އަޙްމަދު އާޠިފް އަކީ މީގެ ކުރިން އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިދިޔަ އަހަރު އެކައުންސިލްގެ ރައީސްގެ މަގާމު އަދާކުރެއްވީ އަހުމަދު އިބުރާހިމެވެ.

އެގޮތުން، ކުރިއަށް އޮތް އަހަރުގެ ރައީސްކަމަށް އަހުމަދު އާތިފު އިންތިހާބުވީ، މިކަމަށްޓަކައި، 23 ފެބްރުއަރީ 2017 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި  ބައިވެރިވެލެއްވި 6 މެމްބަރުންގެ ތެރެއިން 5 މެމްބަރުންގެ ވޯޓުންނެވެ. އަދި ނާއިބު ރައީސްގެ މަގާމަށް އަހުމަދު އިންތިހާބުވީވެސް 5 ވޯޓު ލިބިގެންނެވެ.

ހދ.އަތޮޅު ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ވާގޮތުން ކައުންސިލްގެ ރައީސް އަދި ނައިބްރައީސްގެ މަޤާމުގެ މުއްދަތަކީ 1 އަހަރެވެ.