އަތޮޅު ކައުންސިލުން ނާއިބު ރައީސާ ބައްދަލު ކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ އަތޮޅު ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

20 ޑިސެމްބަރ 2018 ވީ ބުރާސްފަތި ދުވަހު ހަވީރު 6:30 ގައި ހދ.އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި މިބައްދަލުވުމުގައި، ހެލްތު މިނިސްޓްރ އަލްފާޟިލް ޢަބްދުﷲ އަމިނާއި، ޖެންޑަރ މިނިސްޓްރ އަލްފާޟިލާ ޝިދާތާ ޝަރީފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ހދ.އަތޮޅު ކައުންސިލްގެ ފަރާތުން، މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ދިމާވެފައިވާ މައްސަލަތަކާއި، ކަންބޮޑުވުންތައް ނައިބުރައީސާ ޙިއްސާ ކުރެއްވިއެވެ. އެގޮތުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޙާލަތާއި، ނެއްލައިދޫ ބަނދަރު ތިލަވުމުގެ މައްސަލަ، ކުޅުދުއްފުށީގެ ކުނިގޮނޑުގެ މައްސަލަ އަދި ސަރުކާރުން ފައްޓަވައި ނުނިމި ހުރި މަޝްރޫޢުތައް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީއާއި، ޖެންޑަރ މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ކަންބޮޑުވުންތައް އެދެމިނިސްޓްރީގެ ވަޒީރުންނާ ހިއްސާ ކުރެވިއެވެ.

ބައިގަނޑިއެއްހާއިރަށް ކުރިއަށްގެންދެވުނު މިބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ މެމްބަރުންގެ އިތުރުން، އިދާރާގެ ޑިރެކްޓަރ އަލްފާޟިލް ޢަލީ އަބޫބަކުރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.