ކުރިއަށް އޮތް އަހަރުގެ ރައީސަކަށް އާދަމް ޢަލީ، އަދި ނާއިބު ރައީސަކަށް ޢަލީ މުޙައްމަދު އިންތިޚާބު ކޮށްފި
03 ޖޫން 2019 އިން ފެށިގެން ކުރިއަށް އޮތް އަހަރުގެ އަތޮޅު ކައުންސިލްގެ ރައީސަކަށް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަލްފާޟިލް އާދަމް ޢަލީ، އަދި ނާއިބު ރައީސަކަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަލްފާޟިލް ޢަލީ މުޙައްމަދު އިންތިޚަބު ކުރައްވައިފިއެވެ.
29 މެއި 2019 ގައި ބޭއްވުނު ހދ. އަތޮޅު ކައުންސިގެ 3 ވަނަ ދައުރުގެ 98 ވަނަ ޖަލްސާގައި، ރައީސްކަމުގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުޅުވާލެއްވުމުން އެމަޤާމަށް ކުރިމަތި ލެއްވީ އާދަމް ޢަލީ އެކަންޏެވެ. މިމަޤާމަށް އާދަމް ޢަލީ އިންތިޚާބު ވެފައިވަނީ ވޯޓުގައި ބައިވެރިވި 4 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވެ.
ނާއިބުރައީސްގެ މަޤާމަށް ކުރިމަތިލެއްވީ އަލްފާޟިލް ޢަލީ މުޙައްމަދު އެކަންޏެވެ. ޢަލީ މުޙައްމަދުވެސް އިންތިޚާބު ވެފައިވަނީ 6ވޯޓުގައި ބައިވެރިވި 4 މެންބަރުންގެ އިއްތިފާޤުންނެވެ.
ހދ.އަތޮޅުކައުންސިލްގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެ މަތިން ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ މުއްދަތަކީ 1 އަހަރެވެ. އެހެން ކަމުން ކޮންމެ އަހަރަކުވެސް އިންތިޚާބު ބާއްވައި، ރައީސާއި ނާއިބު ރައީސްގެ މަޤާމަށް މެމްބަރުން އިންތިޚާބު ކުރެވެއެވެ. 3 ވަނަ ދައުރުގެ އަތޮޅު ކައުންސިލްގެ މެމްބަރުން މަޤާމާ ޙަވާލުވެވަޑައިގެންފައިވަނީ 3 ޖޫން 2017 ގައެވެ.