ކައުންސިލް މެމްބަރު އަޙްމަދު އާޠިފް އިސްތިއުފާ ދެއްވައިފި

ހދ.އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރު އަލްފާޟިލް އަޙްމަދު އާޠިފް 29 ޖަނަވަރީ 2020 ގައި ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އަލްފާޟިލް އަޙްމަދު އާޠިފް މިމަޤާމުން އިސްތިއުފާ ދެއްވީ، ފަތުރުވެރިކަމުގެ ދާއިރާއިން މިހާރަށްވުރެ ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރުމުގެ ފުރުޞަތު ލިބިލައްވާފައިވާތީ އެވެ.

އަލްފާޟިލް އަޙްމަދު އާޠިފް އިސްތިއުފާ ދެއްވައި، ހުށަހެޅުއްވި ސިޓީގައި ހދ.އަތޮޅު ކައުންސިލްގައި ހޭދަކުރެއްވި މުއްދަތުގައި ލައުންސިލްގެ މެމްބަރުންނާއި، އިދާރީ މުވައްޒަފުންގެ ފަރާތުން އަދި ދާއިރާއާއި އަތޮޅު ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި، އެހީތެރިކަމާއި، އެއްބާރުލުމަށްޓަކައި މިފުރުސަތުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ. އަދި އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީއަށް އަދި މުޅި އަތޮޅަށް އަދަށްވުރެ ފެހި މާދަމައެއް މާތްﷲ މިންވަރު ކުރެއްވުން އެދިލައްވާފައި ވެއެވެ.،