ހދ.އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވަން ނިންމައިފި

1441 ވަނަ އަހަރުގެ ހދ.އަތޮޅު ޤުރުއާން މުބާރާތް، ނޮޅިވަރަމުގައި ބާއްވަން އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައި އޮތީ ނޮޅިވަރަމުން އެކަންޏެވެ. މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތް، ނޮޅިވަރަމުގައި ބާއްވަން ކައުންސިލުން ނިންމާފައިވަނީ 3 ވަނަ ދައުރުގެ 133 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ ދެޢުމުރު ފުރާއަކަށެވެ. އެއީ 9 އަހަރުން ދަށުގެ ކުޑަކުދީންނައި 9 އަހަރުން މަތީގެ ޢުމުރުފުރާއިން ކޮންމެ ޢުމުރަކުން ބަލައިގެން ކިޔެވުމުގެ 4 ކެޓަގަރީއާއި، ނުބަލާ ކިޔެވުމުގެ 4 ކެޓަގަރީއެވެ.

މިއަހަރުގެ މުބާރާތް އޮންނާނީ އޭޕްރީލް 16 އިން 18 އަށެވެ.