ކޮވިޑް-19 ރޯގާއާ ގުޅިގެން، ޤުރުއާން މުބާރާތް ފަސްކޮށްފި

އަންނަ އޭޕްރީލްމަހުގެ 16 އިން 18 އަށް ނޮޅިވަރަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހދ.އަތޮޅު ޤުރުއާން މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

މުބާރާތް ފަސްކޮށްފައިވަނީ، ހދ.އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރުގެ 138 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިގޮތަށް ނިންމާފައިވަނީ މިހާރު މުޅިދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާގުޅިގެން، ރާއްޖޭގައި ޞިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނު ކުރުމާ ގުޅިގެންނެވެ.

ހދ.އަތޮޅު ޤުރުއާން މުބާރާތް ދެން ބާއްވާނެ ތާރީޚެއް ފަހުން އިޢުލާނު ކުރެވޭނެއެވެ.