ހދ.އަތޮޅު ކައުންސިލްގެ ރައީސް، އާދަމް ޢަލީ އެމަޤާމުން އިސްތިއުފާ ދެއްވައިފި

ހދ.އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުގައި ހުންނެވި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަލްފާޟިލް އާދަމް ޢަލީ، އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވައި، 26 އޭޕްރީލް 2020 ގައި ހުށަހެޅުއްވި ސިޓީގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމަށް އެންމެ އެކަށީގެންވަ ވަގުތު ދިނުމަށް ދަތިވާތީ ކަމަށެވެ.

03 ޖޫން 2019 އިން ފެށިގެން ކުރިއަށް އޮތް އަހަރުގެ އަތޮޅު ކައުންސިލްގެ ރައީސަކަށް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަލްފާޟިލް އާދަމް ޢަލީ، އިންތިޚާބު ކުރައްވާފައިވަނީ 29 މެއި 2019 ގައި ބޭއްވުންު ހދ. އަތޮޅު ކައުންސިގެ 3 ވަނަ ދައުރުގެ 98 ވަނަ ޖަލްސާގައެވެ. ރައީސް އިސްތިޢުފާ ދެއްވުމާގުޅިގެން، ކައުންސިލް ވަގުތީ ގޮތުން ހިންގަވާނީ، ނާއިބު ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ.