ސައޫދީ ސަރުކާރުން ހަދިޔާ ކުރެއްވި ކަދުރު، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކާ ޙަވާލު ކުރެވިއްޖެ
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކުވެސް ހަދިޔާކުރާ ކަދުރުގެ ތެރެއިން، ހދ.އަތޮޅަށް ލިބުނު 1504 ޕެކެޓް ކަދުރު ރަށުކައުންސިލްތަކަށް ޙަވަލު ކުރެވިއްޖެއެވެ.
މިކައުންސިލަށް ކަދުރުތައް ލިބިފައިވަނީ 07 މޭ 2020 ގައެވެ. ކައުންސިލްތަކަށް ކަދުރު ޙަވާލު ކުރެވިފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން، ކޮންމެ ރަށަކަށް ކަނޑައެޅުއްވި ޢަދަދަށެވެ. އެހެން އަހަރުތަކާ ޚިލާފަށް، ރަށްރަށަށް ޢަދަދުތައް ކަނޑައެޅުމުގައި އަތޮޅު ކައުންސިލްގެ ދައުރެއް ނެތެވެ.
އިސްލާމިކް މިނިސްޓްރީން ކަދުރު ބެހުމަށް ކަނޑައަޅުއްވާފައިވަނީ، މީހުން ދިރިއުޅޭ ގޭބިސީ ތަކުގެ ތެރެއިން ކަދުރު ބަލައި ކައުންސިލަށް ޙާޟިރުވާ ތަރުތީބުންނެވެ. އަދި 2019 ވަނަ އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުޞޫލުންނެވެ.
އިސްލާމިކް މިނިސްޓްރީން ހދ.އަތޮޅުގެ ރަށްރަށަށް ކަނޑައެޅުއްވި ޢަދަދުތައް
| ރަށް | ޕެކެޓް | ކޭސް |
|---|---|---|
| ކުމުންދޫ | 105 | 10.5 |
| ކުޅުދުއްފުށި | 573 | 57.3 |
| ހިރިމަރަދޫ | 30 | 3 |
| ނޮޅިވަރަން | 135 | 13.5 |
| ނޮޅިވަރަންފަރު | 95 | 9.5 |
| ނައިވާދޫ | 36 | 3.6 |
| ހަނިމާދޫ | 153 | 15.3 |
| ފިނޭ | 35 | 3.5 |
| ނެއްލައިދޫ | 68 | 6.8 |
| ކުރިނބީ | 37 | 3.7 |
| ނޭކުރެންދޫ | 71 | 7.1 |
| ވައިކަރަދޫ | 61 | 6.1 |
| މަކުނުދޫ | 105 | 10.5 |
| ޖުމްލަ | 1504 | 150.4 |
