06-10-2020 | ނީލަމުގައި ވޭން ގަތުމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު : -/72,425 ރުފިޔާ

މިނީލަމުގައި އެންމެކުޑަކޮށް އިތުރުކުރެވޭނެ ޢަދަދަކީ ފަހަރަކު -/5000ރ (ފަސްހާސް ރުފިޔާ) އެވެ.

މިނީލަމުގައި ބައިވެރިވުމަށް “ސިޓީން އަގުހުށަހަޅާ ފޯމް” ހުށަހަޅުއްވާނީ 2020 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ 09:00 ން ފެށިގެން 2020 އޮކްޓޯބަރު 08 ވަނަ ދުވަހުގެ 12:00 އަށެވެ. މިފޯމު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.

މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގައި މިއޮފީހުގެ ނޯޓިސް ބޯޑާއި އަދި މިކައުންސިލްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. ވޭން ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ.

ވޭން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 9:00 އާއި 14:00 އާ ދެމެދު ހދ.އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ވޭން ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ.