އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް މިއަހަރު މާރޗު މަހު ބޭއްވުމަށް ތާވަލު ކޮށްފި
ހދ.އަތޮޅު ކައުންސިލުން ބާއްވާ ފިރިހެން އަދި އަންހެން ވޮލީ މުބާރާތް މިއަހަރު މާރޗުމަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މިމުބާރާތް ހޯސްޓްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު މިހާރުވަނީ އަތޮޅު ކައުންސިލުން ހުޅުވާލާފައެވެ. މިގޮތުން ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރަށު ކައުންސިލްތަކަށާއި، އަތޮޅުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާ ތަކަށެވެ.
މިކަމަށް ޝައުޢުވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުން އަންނަ ފެބްރުއަރީ މަހުގެ 2 ގެ ނިޔަލަށް ކުރިއަށް ގެންދެވޭނެއެވެ. އަދި މިކަމާގުޅޭ މަޢުލޫމާތު ސެޝަނެއް 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 03 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މާލަމުގައެވެ.
2020 ވަނަ އަހަރު މިމުބާރާތް ބާއްވާފައެއް ނުވެއެވެ. 2019 ސެޕްޓެމްބަރ 20 އިން 29 އަށް ކުރިއަށް ދިޔަ މިމުބާރާތުގައި އަންހެން 6 ޓީމު އަދި ފިރިހެން 4 ޓީމު ބައިވެރިވެފައި ވެއެވެ.