ހދ.އަތޮޅު ކައުންސިލްގެ ރައީސް ނައިވާދޫއަށް ޒިޔާރަތް ކުރައްވައިފި
ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖު 08 ޑިސެމްބަރ 2021 ވީ ބުދަދުވަހު ނައިވާދޫއަށް ޒިޔާރަތް ކުރައްވައި އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އަދި އިދާރީ މުވައްޒަފުންނާ ބައްދަލު ކުރައްވައިފިއެވެ.
ނައިވާދޫ ކައުންސިލްގެ ދަޢުވަތަކަށް ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ބަނދަރު ޖެޓީ ހިޔާކުރުމުގެ މަޝްރޫޢު ފައްޓަވައި ދެއްވައި، ކައުންސިލުގައި އެޗް.އާރު ސޮފްޓްވެއަރ ބޭނުންކުރުން އިފްތިތާހު ކޮށް ދެއްވާފައިވެއެވެ. އަދި ނައިވާދޫ ކައުންސިލްގެ ޢާންމު ބައްދަލުވުމުގައި ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.،
މިދަތުރުފުޅުގައި ކައުންސިލާއި، މުވައްޒަފުންނާ ބައްދަލު ކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވެމުންދަ މަސައްކަތްތަކުގެ މަޢުލޫމާތާއި، ދިމާވާ ގޮންޖެހުންތަކާއި ދަތިތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
