ހދ.އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް ޢަބްދުﷲ އަސްލަމް ހަމަޖައްސަވައިފި

ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް، ކައުންސިލް މެންބަރު، ހދ.ކުރިނބީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ އަސްލަމް ހަމަޖައްސަވައިފިއެވެ.

މީޑިޔާ ކޯޑިނޭޓަރަކަށް، ޢަބްދުﷲ އަސްލަމް ހަމަޖައްސަވާފައިވަނީ 10 މާރިޗު 2022 ގައި ބޭއްވުނު ހދ.އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 38 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މީޑިޔާ ކޯޑިނޭޓަރަކަށް، ޢަބްދުﷲ އަސްލަމް ހަމަޖައްސަވާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާޤުންނެވެ.