ޤައުމީ ޤުރުއާން މުބާރާތުގެ ހދ. އަތޮޅު އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު، ޖޫން 20 ގެ ނިޔަލަށް މިހާރުވަނީ އިތުރު ކުރެވިފައި. އޮޑިޝަން އޮންނާނީ ޖުލައި 7 އަދި 8 ގައި
32 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް، ހދ. އަތޮޅުން ވާދަކުރާނެ ބައިވެރިން ހޮވުމަށް ބާއްވާ ހދ. އަތޮޅު އޮޑީޝަންގައި ބައިވެރިވުމުގެ ފުރުޞަތު 2017 ޖޫން 20 ވާ ހޯމަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރު ކުރެވިފައެވެ.
ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު އެރަށެއްގެ ރަށު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
މިމުބާރާތުގައި ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ބައިވެރިވެވިދާނެއެވެ. ޤައުމީ ޤުރުއާން މުބާރާތަށް ހޮވޭނީ ކޮންމެ ގޮތްޕަކުންވެސް، އެންމެ މަތީ މާކްސް ލިބޭ 2 ފަރާތެކެވެ.
އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 07 އަދި 08 ވަނަ ދުވަހު ކުޅުދުއްފުށީގައެވެ.