ހދ. އަތޮޅު ކައުންސިލްގެ ރައީސް ނޮޅިވަރަމަށް ޒިޔާރަތް ކުރައްވައިފި
ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖު 02 ޖޫން 2022 ގައި ނޮޅިވަރަމަށް ޒިޔާރަތް ކުރައްވައި، ކައުންސިލާއި މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަނީ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބައްލަވައި، ދިމާވާ ދަތިތަކާއި ކުރިއަށް ރޭވިފައިހުރި ޙަރަކާތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައިވެއެވެ.
މިބައްދަލުވުމުގައި ނޮޅިވަރަމު ކައުންސިލްގެ ރައީސާއި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އަތޮޅު ކައުންސިލް އިދަރާގެ ސީނިޔަރ ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް ޢަބްދުﷲ އަސްޢަދު ބައިވެރިވެވަޑައިގެންނެވިއެވެ.