ހދ. ނޮޅިވަރަމު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރައްވައިފި

ހދ. އަތޮޅުގެ ރަށުކައުންސިލްތައް ހިނގަމުންދަނީ ޤާނޫނާއި ޤަވާޢިދާއި، ކައުންސިލް ހިންގުމަށާއި ކައުންސިލަރުން ޢަމަލުކުރަންވީ އުޞޫލުތަކާ އެއްގޮތަށްތޯ ބަލާ މޮނިޓަރ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހދ. ނޮޅިވަރަމު ކައުންސިލް މޮނިޓަރ ކުރުން 2022 ޖޫން 2 ން 4 އަށް ކުރިއަށް ގެންދަވައިފިއެވެ.

މިމަސައްކަތުގެ ތެރެއިން 2020 އަދި 2021 ވަނަ އަހަރު ނޮޅިވަރަމު ކައުންސިލްގެ ޙަރަކާތްތަކާއި، އިދަރީ ގޮތުން ޢަމަލު ކޮށްފައިވާ ގޮތް ބަލައި އިރުޝާދު ދެވިފައިވެއެވެ. އެގޮތުން ކައުންސިލްގެ މުނިސިޕަލް ޚިދުމަތްތަކާއި، ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަމާއި، ރިޕޯރޓްތައް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައިވޭތޯ ބަލާފައި ވއެވެ. އަދި ފައިސާއާ ގުޅުންހުރި ކަންކަމާއި، ޕްރޮކިއުމަންޓް، . މުވައްޒަފުންނާބެހޭ ކަންކަން، އަދި ކައުންސިލަރުންނާ ބައްދަލުވުންތަކާ ގުޅިގެން ޢަމަލު ކޮށްފައިވަނީ ޤާނޫނުތަކާއި ޢަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މެތީންތޯ ބަލައި ޗެކްކުރެވިފައި ވެއެވެ.


ފޮޓޯ ގެލެރީ: ނޮޅިވަރަމު ކައުންސިލް މޮނިޓަރ ކުރުން