ރަށްރަށުގެ ޙާލަތު ދެނެގަތުމަށް އަތޮޅު ކައުންސިލުން ކުމުންދޫއާއި ވައިކަރަދޫއަށް ޒިޔާރަތް ކުރައްވައިފި

ރަށްރަށުގެ ޙާލަތު ދެނެގަނެ، ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތައް އަޅުން ފިލުވުމަށް އަތޮޅު ކައުންސިލުން އަތޮޅުގެ ކުމުންދޫއާއި ވައިކަރަދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ.

2022 އޯގަސްޓް 10 އަދި 11 ގައި ކުރެއްވި މިދަތުރުގައި، ކުމުންދޫ އަދި ވައިކަރަދޫގެ ކައުންސިލާއި، މުވައްޒަފުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވައި، ކައުންސިލުން ރަށުގެ ކުރިއެރުމަށް ޕްލޭން ކުރެވިފައިވަ ކަންކަމާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތައް އޮޅުން ފިލުއްވައި ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން، ރަށުގެ މުވައްސަސާތަކާ ވަކިވަކީން ބައްދަލުކޮށް އެތަންތަނުގެ ދަތިތަކާއި ދާއިރާގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައި ވެއެވެ. އެގޮތުން ޞިއްޙީ މަރުކަޒާއި، ސްކޫލާއި، ފެނަކަ ބްރާންޗް، އަދި ޕޮލިސްއާ ބައްދަލު ކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވާފައި ވެއެވެ.

މިބައްދަލުވުންތަކުން ލިބޭ މަޢުލޫމާތާއި ޝަކުވާތައް ސަރުކާރުގެ އިދާރާތަކާ ޙިއްސާކުރެވި، ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އަދި މިމަޢުލޫމާތުގެ އަލީގައި ކުރިއަށް އޮތް އަހަރުގެ ޕްލޭން އެކުލަވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކައުންސިލުން މަޢުލޫމަތު ދެއްވާފައި ވެއެވެ.

ރަށްރަށުގެ ޙާލަތު ދެނެގަތުމަށް ކޮންމެ ހަފްތާއަކުވެސް ދެރަށަކަށް ދަތުރު ކުރެއްވުމަށް ހަމަޖެހިފައެވެ.