ތިލަދެކުނު މަޒުމޫނު ލިޔުމުގެ މުބާރާތް ބާއްވައިފި

ހދ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލާއިގެން، ތިލަދެކުނު މަޒުމޫނު ލިޔުމުގެ މުބާރާތް ބާއްވައިފިއެވެ.

މިއަހަރުގެ ޤައުމީ ދުވަހާ ގުޅުވައިގެން ބޭއްވި، މި މަޒުމޫނު ލިޔުމުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 02 ސެޕްޓެމްބަރ 2023 ވީ ހޮނިހިރު ދުވަހު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލު ހޯލުގައެވެ.

މި މުބާރާތުގައި އަތޮޅުގެ ހުރިހާ ސްކޫލަކުން ބައިވެރިވެފައި ވެއެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ 3 ސްކޫލުންނާއި އަތޮޅުގެ 12 ސްކޫލުން ޖުމްލަ 74 ދަރިވަރުން މިމުބާރާތުގައި ބައިވެރިވެފައި ވެއެވެ.

މި މުބާރާތަކީ ސްކޫލުތަކުގެ ކީސްޓޭޖް 4 ގެ ދަރިވަރުންނަށް އަމާޒުކޮށް، ދިވެހި ޤައުމިއްޔަތަށް ލޯބިޖެއްސުމާއި، އަދަބިއްޔާތު ކުރިއެރުމުގެ މަޤްޞަދުގައި، ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދެވުނު މުބާރާތެކެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ޤައުމީ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.