32 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ހދ. އަތޮޅުން ވާދަކުރާނެ ދަރިވަރުން ކަނޑައަޅައިފި
32 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ހދ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ކަނޑައަޅައިފިއެވެ.
މިމުބާރާތުގައި، ހދ.އަތޮޅުން ވާދަކުރާނެ ދަރިވަރުން ކަނޑައަޅާފައިވަނީ، މިމުބާރާތުގައި ބައިވެރިވާން އެދުނު ފަރާތްތަކަށް ބޭއްވުނު އޮޑިޝަންގެ ނަތީޖާއަށް ބެއްލެވުމަށްފަހުގައެވެ. އެގޮތުން ޤައުމީ ޤުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން 6 ދަރިވަރުން އަދި ހިތުން ކިޔެވުމުގެ ބައިގައި 2 ދަރިވަރުން ބައިވެރިވާނެއެވެ.
32 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ހދ. އަތޮޅުން ބައިވެރިވުމަށް ހޮވުނު ދަރިވަރުން؛
1. ޢާއިޝަތު މަލްސާ، ޑޭޒީވިލާ / ހދ.ނެއްލައިދޫ (10 ފޮތުން، ބަލައިގެން)
2. ޙުސައިން ޔާނިމް، ބުލްބުލްވިލާ / ހދ.ނެއްލައިދޫ (10 ފޮތުން، ބަލައިގެން)
3. ޝައްމާ މުޙައްމަދު، ގަހާ / ހދ.ނޮޅިވަރަން (20 ފޮތުން، ބަލައިގެން)
4. ޝުރްފާ އިބްރާހީމް ޝަރީފް، ރޯޒްމީޑް / ހދ.މަކުނުދޫ (20 ފޮތުން، ބަލައިގެން)
5. އަޙްމަދު ޚަލަފް، ހަވޭލީމަންޒިލް / ހދ.ނޮޅިވަރަންފަރު (30 ފޮތުން، ބަލައިގެން)
6. ސަމްޙާ ޢަލީ ރިޟާ، ހިރި / ހދ.ކުޅުދުއްފުށި (30 ފޮތުން، ބަލައިގެން)
7. ފައިޙާ ޢަބްދުﷲ ޢަޤީލް، ފަލްކަމް / ހދ.ވައިކަރަދޫ (5 ފޮތުން، ހިތުން)
8. މާޔާ މުޙައްމަދު، ގަހާ / ހދ.ނޮޅިވަރަމް (5 ފޮތުން، ހިތުން)
ޤައުމީ ޤުރުއާން މުބާރާތަށް ހޮވާފައިވަނީ، ކޮންމެ ގޮތްޕަކުންވެސް، އޮޑިޝަނުން އެންމެ މަތީ މާކްސް ލިބުނު 2 ފަރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2017 ގައެވެ.