އަތޮޅު ކައުންސިލުން ނެއްލައިދޫ އަދި ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި
ހދ.އަތޮޅު ކައުންސިލުން މިއަތޮޅު ނެއްލައިދޫއަށާއި، ނައިވާދޫއަށް ޒިޔާރަތްކުރައްވައި، އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.
ކައުންސިލް މެމްބަރުން ތަޢާރަފްވުމާއި، ރަށުގެ ހާލަތު ބައްލަވާލުމަށް ހދ. އަތޮޅު ކައުންސިލުން، ނެއްލައިދޫއަށް ޒިޔާރަތް ކުރެއްވީ މިއޯގަސްޓްމަހުގެ 7 ވީ ހޯމަދުވަހުއެވެ. އަދި ނައިވާދޫއަށް ވަޑައިގެންނެވީ އޯގަސްޓް 8 ވަނަ ދުވަހުއެވެ.
މިދަތުރުގައި އެދެރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި. ރައްޔިތުންނާއި މުވައްސާސާތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވިއެވެ. މިދަތުރުތަކުން ރައްޔިތުންގެ ފަރާތުން ހުށަހަޅާާ ކަންބޮޑުވުންތައް މިނިސްޓްރީތަކާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ހިއްސާކުރުމަށް ހަމަޖެހިފައި ވެއެވެ..
މިދަތުރުގައި ކައުންސިލްގެ ރައީސްގެ އިތުރުން ނައިބު ރައީސް އާއި 4 މެމްބަރުންނާއި ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އިބުރާހިމް ރަޝީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.