ޗާލު ހާދާލު ފޮޓޯ މުބާރާތުގައި ބައިވެރި ވުމަށް ހުޅުވާލައިފި
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ހދ. އަތޮޅު ކައުންސިލުން ބާއްވާ ފޮޓޮގްރަފީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ޗާލުހާދާލުގެ ނަމުގައި ބާއްވާ މި ފޮޓޯ މުބާރާތަކީ، ހދ. އަތޮޅުގެ ޤުދުރަތީ ރީތިކަން ހާމަކުރުމާއި، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ވެށީގެ ހާލަތު ފޮޓޯގެ ޒަރީއާއިން ބަޔާންކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވޭ މުބާރާތެކެވެ.
10 ޖޫން 2024 ގެ ނިޔަލަށް ހުޅުވާލެވިފައިވާ މިމުބާރާތުގައި ބައިވެރިވެވޭނީ ހދ. އަތޮޅުގެ ރައްޔިތުންނަށެވެ. މުބާރާތުގެ 1 ވަނަ އަށް 2500 ރުފިޔާ، 2 ވަނައަށް 1500 ރުފިޔާ އަދި 3 ވަނައަށް 1000 ރުފިޔާ ކަނޑައެޅިފައި ވެއެވެ.
މުބާރާތުގައި ފޮޓޯ ހުށަހެޅޭ ދާއިރާތަކަކީ، ހދ. އަތޮޅުގެ ޤުދުރަތީ ރީތިކަން، ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއި ނުރައްކާ އަދި ހދ. އަތޮޅުގެ ޤުދުރަތީ ދިރުންތަކެވެ.
ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ.
އިތުރު މަޢުލޫމާތު: https://haadhaal.gov.mv/9278