
ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ “ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025” ފެށުމަށް ހަމަޖެހިފައިވަނީ 2025 އޯގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ނައިވާދޫ ވޮލީކޯޓުގައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް، ހދ.އަތޮޅުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާތަކުގެ އަންހެން އަދި ފިރިހެން ވޮލީ ބޯޅަ ޓީމްތަކަށެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، 2025 އޯގަސްޓް 18 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
މުބާރާތުގައި ބައިވެރިވުމަށް، ޓީމު ލިސްޓް އަދި ލިޔެކިޔުންތައް ފޮނުއްވާނީ ތިރީގައިވާ އީމެއިލަށެވެ..
އިތުރު މަޢުލޫމާތު: 6521702
ތިލަދެކުނު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޓީމު ލިސްޓް ހުށަހަޅާ ފޯމު
ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ގަވާއިދު
އިޢުލާނު: ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން