ތިލަދެކުނު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

2025 އޯގަސްޓް 24 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ނައިވާދޫގައެވެ.

ހދ.އަތޮޅު ކުލަބު ޖަމުޢިއްޔާތަކަށް ހުޅުވާލެވިގެން އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭގޮތަށް ކުރިއަށް ގެންދެވޭ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 2025 އޯގަސްޓް 18 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމަށް މިއަހަރު 35،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ހުށައެޅިފައި ވެއެވެ.

2023 ވަނަ އަހަރު ބޭއްވި، ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ ހަނިމާދޫ އެވެ. އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ ނޮޅިވަރަންފަރު ލައިކަން އެވެ.