ތަޖުރިބާ ހޯދުމަށްޓަކައި، ހދ.އަތޮޅު ކައުންސިލްގެ މުވައްޒަފުން ށ.އަތޮޅު ކައުންސިލަށް ޒިޔާރަތް ކުރައްވައިފި
ހދ.އަތޮޅު ކައުންސިލްގެ މުވައްޒަފުން، ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ށ. އަތޮޅު ކައުންސިލަށް ޒިޔާރަތް ކުރައްވައިފިއެވެ.
04 އޯގަސްޓް 2018 ވީ ހޮނިހިރު ދުވަހު ށ. ފުނަދޫއަށް ކުރި ދަތުރުގައި ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަނާއި، ޒިންމަދާރުވެރިޔާ އަލްފާޟިލް އިބްރާހީމް ރަޝީދުގެ އިތުރުން ކައުންސިލްގެ 24 މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މިދަތުރުގައި ށ.އަތޮޅު ކައުންސިލަށް ޒިޔާރަތްކުރައްވައި، އެއިދާރާގެ މަސައްކަތްތައް ހިންގާނުހިނގާގޮތް ބައްލަވައި، ދެކައުންސިލްގެ އުޞޫލުތަކާބެހޭގޮތުން މަޢުލޫމާތު ބަދަލު ކުރެއްވިއެވެ. އަދި ށ.އަތޮޅު ކައުންސިލުން މަސައްކަތްތައް ރާވާފައިވާ ގޮތާއި، އާމްދަނީ ހޯދުމަށް ކުރައްވާ މަސައްކަތްތަކާއި، ޕްރޮގްރާމްތައް ހިންގާގޮތުގެ މަޢުލޫމާތު ހޯއްދެވިއެވެ.
މިދަތުރުގައި، ކައުންސިލް މެމްބަރުންނާއި، އިސްބޭފުޅުން ށ.ފުނަދޫ ކައުންސިލާވެސް ބައްދަލު ކުރެއްވިއެވެ. ހދ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ށ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ފަރާތުން ދެއްވި ހޫނު މަރުހަބާ އާއި ބެހެއްޓި މެހެމާންދާރީ ފާހަގަކުރައްވާ އެކައުންސިލްގެ ރައީސާއި، މެމްބަރުންނަށާއި، ހުރިހާ މުވައްޒަފުންނަށް ހދ.އަތޮޅު ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވައެވެ.
ފޮޓޯގެލެރީ: ހދ.އަތޮޅު ކައުންސިލްގެ މުވައްޒަފުން ށ.އަތޮޅު ކައުންސިލަށް ކުރި ޒިޔާރަތް