ވަޒީރުންނާއި މާލޭގެ މުއައްސަސާތަކާ ބައްދަލު ކުުރެއްވުމަށް އަތޮޅު ކައުންސިލުން މާލެއަށް ދަތުރެއް ކުރައްވައިފި

ސަރުކާރުގެ ވަޒީރުންނާ ބައްދަލުކޮށް އަތޮޅުގެ ކަންކަމާމެދު މަޝްވަރާ ކުރެއްވުމަށް ހދ.އަތޮޅު ކައުންސިލުން މާލެއަށް ދަތުރެއް ކުރައްވައިފިއެވެ.

2019 ޖަނަވަރީ 20 ން 24 އަށް ކުރެއްވި މިދަތުރުގައި، ލާމަރުކަޒީ ނިޒާމުން އަތޮޅު ހިންގުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތަކާ އަދި ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާމެދު މަޝްވަރާ ކުރައްވާފައި ވެއެވެ.

މިދަތުރުގައި އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަނާއި ނާއިބު ރައީސް އިބްރާހީމް ޢަލީގެ އިތުރުން މެމްބަރ އަލްފާޟިލް އަޙްމަދު އާޠިފާއި، އަލްފާޟިލް މުޙައްމަދު ވަސީމާއި އަލްފާޟިލް ޢަލީ މުޙައްމަދު އަދި ޑިރެކްޓަރ އަލްފާޟިލް ޢަލީ އަބޫބަކުރު ބައިވެރިވެލެއްވިއެވެ.

މިދަތުރުގައި ބައްދަލު ކުރެއްވި ވަޒީރުންނާއި މުއައްސަސާތައް؛

1. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު
2. މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލާ ޒަހާ ވަހީދު
3. މިނިސްޓްރީ އޮފް ހޯމްއެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ
4. މިނިސްޓަރ އޮފް ހައުސިންގ އަލްފާޟިލާ އާމިނަތު އާޠިފާ
5. މިނިސްޓަރ އޮފް ހެލްތު އަލްފާޟިލާ ޢަބްދުﷲ އަމީން
6. މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް ޢަލީ ވަހީދު
7. މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ
8. މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަލްފާޟިލް އަޙްމަދު މަހްލޫފް
9. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް ފައްޔާޒު އިސްމާޢީލް
10. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ފާޠިމަތު ނަޞީރު
11. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އަޙްމަދު ޝަރީފް
12. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯރޓް އަލްފާޟިލް އަޙްމަދު އާދިލް
13. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް އަލްފާޟިލް ޝިފާޒް
14. ލޯކަލް ގަވަރމަންޓް އޮތޯރިޓީ
15. އެމް.ޑަބްލިއު.އެސް.ސީ
16. ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ
17. އެވިޑް ކޮލެޖް
18. ވޮލީބޯލް އެސޯސިއޭޝަން
19. އެމް.ޓީ.ސީ.ސީ