އިޢުލާނު: ހދ.އަތޮޅު ސްޓޭޓް ހައުސްގެ ސެކިއުރިޓީ ބެލެހެއްޓުން
އެއްގަމު އުޅަނދު ލައިސަންސް ނެގުމަށް ބޭނުންކުރާ ޕްރެކްޓިކަލް ސައިޓްގެ މަސައްކަތައް ގެނެވުނު ބަދަލުތަކާއި ގުޅިގެން މިކައުންސިލުން ކުރި 14 ފެބުރުވަރީ 2019 ގައި ކުރި ނަންބަރު 226-F/PRIV/2019/02 އިޢުލާން ބާތިލްކޮށް، މި ކައުންސިލުންދޭ ކުރެހުމަކާއި، ބީ.އޯ.ކިއު އަދި ކޮންޓްރެކްޓް އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެއްގަމު އުޅަނދު ލައިސަންސް ނެގުމަށް ޕްރެކްޓިކަލް ސައިޓެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ. މި މަސައްކަތް ކުރެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން މިމަސައްކަތްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހު 10:30 އަށް ހދ. އަތޮޅުކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 29 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 10:30 ގައި ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
ގެޒެޓްގެ ލިންކް: http://gazette.gov.mv/iulaan/view/100168