ހދ.އަތޮޅު ވޮލީ މުބާރާތް ކުޅުދުއްފުށީ ދެޓީމު ކާމިޔާބު ކޮށްފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން، މުޅިއަތޮޅަށް ހުޅުވާލައިގެން ބޭއްވި ވޮލީ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޜަންގެެ ޗެމްޕިއަންކަން ކުޅުދުއްފުށީ ދެޓީމު ހޯދައިފިއެވެ.

29 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ހަވީރު ކުޅެވުނު އަންހެން ޑިވިޜަންގެ ފައިނަލް މެޗްގައި ޓީމު ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދާފައިވަނީ ސީދާ 3 ސެޓުން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހުގައެވެ.

އަދި އެރޭ ކުޅެވުނު ފިރިހެން ޑިވިޜަންގެ ފައިނަލުގައި ޓީމު ނޮޅިވަރަމާ ބައްދަލުކޮށް، 3 ސެޓު 1 ސެޓުން މޮޅުވެ ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމެވެ.

އަންހެން ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް ކުޅުދުއްފުށީގެ ޖާޒީ# 15 އާމިނަތު ރާޝިދާ އެވެ. އަދި ފިރިހެން ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ ޖާޒީ# 12 ޢަލީ ވަހީދެވެ.

މުބާރާތް ނިމުމުން، ދެޑިވިޜަންގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމުތަކަށް ޓްރޮފީއާ މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކުރެވުނެވެ. އަދި އެންމެ މޮޅު 6 ކުޅުންތެރިންނަށާއި ޚާއްޞާ ވަނަތައް ޙާޞިލުކުރި ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ޙަވާލު ކުރެވުނެވެ.

އެގޮތުން، އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމު ހަނިމާދޫ އެވެ. އަދި ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ވައިކަރަދޫ ވިއެސް އެވެ.

އަންހެން ޑިވިޜަންގެ އެންމެ މޮޅި 6 ކުޅުންތެރިން؛
1. ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާޒީ# 6 ޢާއިޝަތު އިބާދާ
2. ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާޒީ# 5 ޢާއިޝަތު ނޫރާ ޢަލީ
3. ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާޒީ# 12 ޝަމްވީލާ ޢަބްދުލްޙަކީމް
4. ޓީމް ކުޅުދުއްފުށީގެ ޖާޒީ# 11 ޢާއިޝަތު ޝައްފަ
5. ޓީމް ކުޅުދުއްފުށީގެ ޖާޒީ# 15 އާމިނަތު ރާޝިދާ
6. ޓީމް ހަނިމާދޫގެ ޖާޒީ# 7 އާމިނަތު އަރީޝާ

ފިރިހެން ޑިވިޜަންގެ އެންމެ މޮޅި 6 ކުޅުންތެރިން؛
1. ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ ޖާޒީ# 12 ޢަލީ ވަޙީދު
2. ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ ޖާޒީ# 6 ޢަބްދުލްޙަމީދު ޢަލީ
3. ޓީމް ނޮޅިވަރަމުގެ ޖާޒީ# 4 ނަޞްރުﷲ ޢަލީ
4. ޓީމް ނޮޅިވަރަމުގެ ޖާޒީ# 17 ޢަލީ މުޙައްމަދު
5. ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ ޖާޒީ# 17 އިސްމާޢީލް މަންސޫރު
6. ޓީމް ނޮޅިވަރަމުގެ ޖާޒީ# 5 އާދަމް ޙުސައިން

2019 ސެޕްޓެމްބަރ 20 އިން 29 އަށް ކުރިއަށް ދިޔަ މިމުބާރާތުގައި އަންހެން 6 ޓީމު އަދި ފިރިހެން 4 ޓީމު ބައިވެރިވެފައި ވެއެވެ. މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ދިހަހާސްރުފިޔާ އަދި ރަނަރަޕް ޓީމަށް ހަތްހާސް ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެއެވެ.