ކައުންސިލަރުން ހުވާކުރެއްވުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި

ހދ އަތޮޅު ކައުންސިލަށާއި ކުޅުދުއްފުށީ ރަށު ކައުންސިލުގެ 3 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު 2017 ޖޫން 3 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސަވައިފި އެވެ. މިރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ 9:00 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.

ހދ އަތޮޅު ކައުންސިލަށް ހޮވުނު ކައުންސިލަރުންނާއި ކުޅުދުއްފުށީ ކައުންސިލަށް ހޮވުނު ކައުންސިލަރުންގެ ހުވާކުރެއްވުން ކުރިއަށްދާނީ ވަކިވަކިންނެވެ. ހުވާ ކުރެއްވުމަށްފަހު، ކައުންސިލަރުން ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވާނެއެވެ.

އާއްމުނަށްވެސް ވަދެވޭގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިރަސްމިއްޔާތަށް މުވައްސަސާތަކުގެ ވެރިންނަށާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިންނަށް ދައުވަތު އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.