އަލަށް އިންތިޚާބުވި ކައުންސިލަރުންނާއެކު ބައްދަލުވުމެއް ބާއްވައިފި

ހދ. އަތޮޅު ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް އިންތިޚާބުވި ކައުންސިލަރުންނާއެކު، އިންތިޤާލީ ކޮމިޓީން ބައްދަލުވުމެއް ބާއްވައިފިއެވެ.

ކައުންސިލްގެ ދައުރު ބަދަލުވުމުގެ ކަންކަން ވިލަރެސް ކުރެއްވުމަށް އުފައްދަވާފައިވާ އިންތިޤާލީ ކޮމިޓީއާއެކު ކައުންސިލަރުންގެ ބައްދަލުވުން ބޭއްވުނީ، 02 ޖޫން 2017 ވީ ހުކުރު ދުވަހުގެރޭ 10:00 ގައި ހދ. އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

އިންތިޤާލީ ކޮމެޓީން އެކުލަވާލީ ރިޕޯޓް މި ބައްދަލުވުމުގައި ހިއްސާކޮށްފައި ވެއެވެ. އަދި ކައުންސިލްގެ ތަޢާރަފާއި، ކައުންސިލްގެ ޤަވާއިދާއި އަދި ބަޖެޓާ ބެހޭ މަޢުލޫމާތު، ކައުންސިލަރުންނަށް ދެއްވިއެވެ. މީގެއތުރުން، ފާއިތުވި ދައުރުގައި ކައުންސިލުން ކުރެއްވި މުހިންމު މަސައްކަތްތައް، ރައީސް އަލްފާޟިލް އަޙްމަދު އާޠިފް ހިއްސާ ކުރެއްވިއެވެ. އަދި ކައުންސިލުގެ ތަޞައްވުރާއި ކުރިއަށް ރޭވިފައިވާ ހަރަކާތްތަކާބެހޭ ގޮތުން ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދު ވާހަކަ ދެއްކެވިއެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުން، މަޤާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ، 03 ޖޫން 2017 ވާ ހޮނިހިރު ދުވަހުއެވެ. މިރަސްމިއްޔާތު އޮންނާނީ ހެނދުނު 9:00 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައެވެ.