3 ވަނަ ދައުރުގެ ކައުންސިލަރުން ހުވައި ކުރައްވައިފި

ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލުގެ 3 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލް މެމްބަރުން މަޤާމުގެ ހުވައި ކުރައްވައިފިއެވެ.

ކައުންސިލް މެމްބަރުން ހުވައިކުރެއްވުމުގެ ދަރުބާރު އޮތީ މިއަދު 9:00 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ. މިރަސްމިއްޔާތު ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައިދެއްވީ ކުޅުދުއްފުށީ އިމާމު، އަލްފާޟިލް ޙުސައިން އަޙްމަދެވެ. ރަސްމިއްޔާތު ތަޢާރަފް ކުރެއްވީ ހދ. އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދެވެ.

ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލްގެ މެންބަރު ހުވާ ކުރެއްވީ ވަކިވަކީންނެވެ. ހުވައި ލައިދެއްވީ، ހދ. އަތޮޅުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ. ހުވައިކުރެއްވުމަށްފަހު، ހުވައިގެ އިޤުރާރުގައި ހުރިހާ މެމްބަރުންވެސް ސޮއިކުރެއްވިއެވެ.

މިރަސްމިއްޔާތު ނިމުނީ ޤައުމީ ސަލާމުންނެވެ.